ރާއްޖެސަރުކާރު
ހިތަދޫ އުތުރު ބައި-އިލެކްޝަން: ސޯބެ އާއި ސިނާން ގަދަ ހިފުމަކަށް
25/04/2026
ޒައިން ރަޝީދު

ޝެއަރ
އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި މައި ދެ ޕާޓީން ވާދަކުރާނެ ކެންޑިޑޭޓުން ކަށަވަރުވެއްޖެއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބުކޮށް ކެންޑިޑަސީ ކަށަވަރު ކުރީ އެދާއިރާގެ މެންބަރުކަމުން ސުޕްރީމް ކޯޓުން ވަކިކުރި މުޙައްމަދު ސިނާންއެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ކުރީގެ މެޔަރ ޢަބްދުالله ސާދިޤް (ސޯބެ) އެވެ.
ހިތަދޫ އުތުރު ދާއިރާއަކީ އެމްޑީޕީގެ މެންބަރުން ގިނަ ދާއިރާއެކެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބުގައިވެސް ޕީއެންސީއަށް އެދާއިރާގެ ގޮނޑި ކާމިޔާބެއް ނުވިއެވެ. އަދި 2024 ވަނަ އަހަރު މަޖިލީސް އިންތިޚާބުގައި ޕީއެންސީ ގޮނޑި ކާމިޔާބުކުރީ ކުޑަކުޑަ ތަފާތަކުންނެވެ.
ބައި އިލެކްޝަންގައި ޕީއެންސީގެ ފަރާތުން އަނެއްކާވެސް ވާދަކުރަނީ މަގާމުން ވަކިކުރި ކުރީގެ މެންބަރު މުޙައްމަދު ސިނާންއެވެ. ސުޕްރީމް ކޯޓުން އޭނާ ވަކިކުރީ ސާބިތު ދަރަންޏެއް އޮވެ، އެ ދަރަނި ގަވާއިދުން ދައްކަމުން ނުދާކަން ސާބިތުވުމުންނެވެ.
ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އޮންނާނީ އަންނަ ޖޫން މަހުގެ 4 ވަނަ ދުވަހުގައެވެ.
ހިޔާލު
ގުޅުންހުރި