ރާއްޖެސަރުކާރު

ބްރޯޑްކޮމްއަށް ޝިފްލާ އައްޔަން ކުރަން ފާސްކޮށްފި

29/04/2021

Admin


ޝެއަރ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުގެ މަގާމަށް، ނޫސްވެރިޔާ ޝިފްލާ އިބްރާހީމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ބްރޯޑްކޮމަށް ޝިފްލާ އައްޔަނުކުރަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 71 މެމްބަރުންގެ އިއްތިފާގުންނެވެ. މިއީ އެ ކޮމިޝަނަށް ޝިފްލާ އައްޔަން ކުރުމާމެދު ލަފަޔަކަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޝިފްލާގެ ނަން މަޖިލީހަށް ފޮނުއްވި ތިން ވަނަ ފަހަރެވެ. މި ފަހަރު ފޮނުއްވި ލިސްޓުގައި ޝިފްލާ އޮތީ ދެ ވަނައިގައެވެ. ޝިފްލާ އެ މަގާމަށް އައްޔަނުކުރަން ފެންނަކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިދިޔަ ހަފުތާގައެވެ.

ޝިފްލާ އަކީ ބްރޯޑްކާސްޓިން ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. ދައުލަތުގެ މީޑިއާއި ޕްރައިވެޓް ސްޓޭޝަން ތަކުގައި ޝިފްލާ މަސައްކަތް ކުރައްވާފައިވެއެވެ. އެނާ މިހާރު މަސައްކަތްކުރައްވަނީ ސަންގު ޓީވީގަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް އިތުރު މެންބަރަކު އަންޔަން ކުރަނީ އެ ކޮމިޝަންގެ މިހާރުގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވާތީ އެވެ.

ހިޔާލު


ގުޅުންހުރި