ރާއްޖެސަރުކާރު

ބްރޯޑްކާސްޓިން ކޮމިޝަނަށް ޝިފްލާ އައްޔަންކުރައްވައިފި

05/05/2021

Admin


ޝެއަރ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުގެ މަގާމަށް، ނޫސްވެރިޔާ ޝިފްލާ އިބްރާހީމް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހް މިއަދު އައްޔަނު ކުރައްވައިފިއެވެ.

ބްރޯޑްކޮމަށް ޝިފްލާ އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ, އެ މަޤާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ލިސްޓުގެ ދެ ވަނައިގައި އޮށްވައެވެ.

ޝިފްލާ އަކީ ބްރޯޑްކާސްޓިން ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. ދައުލަތުގެ މީޑިއާއި ޕްރައިވެޓް ސްޓޭޝަން ތަކުގައި ޝިފްލާ މަސައްކަތް ކުރައްވާފައިވެއެވެ. އެނާ މިހާރު މަސައްކަތް ކުރައްވަނީ ސަންގު ޓީވީގަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ޝިފްލާ އައްޔަނު މިކުރީ އެ ކޮމިޝަންގެ މިހާރުގެ މެމްބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ ދައުރު ހަމަވުމުންނެއެވެ.

ހިޔާލު


ގުޅުންހުރި