ވިޔަފާރި

މޯލްޑިވިއަންގެ ދަތުރުތައް ޑާކާއަށް އަލުން ފަށަނީ

02/05/2021

Admin

މޯލްޑިވިއަން - ފޮޓޯ: އައިލޭޏްޑް އޭވިއޭޝަން


ޝެއަރ

ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް މޯލްޑިވިއަންގެ ދަތުރުތައް އަލުން ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަންއިން ޑާކާއަށް ކުރަމުން ދިޔަ ދަތުރުތައް މެދުކަނޑާލީ ބަންގްލަދޭޝްގައި ކޮވިޑް-19 ފެތުރުން އިތުރުވެ، ބަލި ކޮންޓްރޯލް ކުރުމަށް އެޤައުމުގެ ބޯޑަރުތައް ބަންދުކުރުމާ ގުޅިގެންނެވެ. މޯލްޑިވިއަންގެ ދަތުރުތައް އަލުން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެންނެވެ. ދަތުރުތައް އަލުން ފަށާއިރު ހަފުތާއަކު 3 ދަތުރު ކުރާނެ ކަމަށް މޯލްޑިވަން އިން ބުނެއެވެ.

ޑާކާއަކީ މޯލްޑިވިއަން އިން އެންމެ ގިނައިން ދަތުރުކުރާ އެއް މަންޒިލެވެ. ދަތުރުތައް މެދު ކަނޑާލުމުގެ ކުރިން ހަފްތާއަކު 4 ދަތުރު ޑާކާއަށް ކުރިއެވެ.

ހިޔާލު


ގުޅުންހުރި