ރާއްޖެސަރުކާރު
ދެ ދުވަސްތެރޭ ކޮވިޑް ބަލީގައި 8 މަރު
07/05/2021
Admin
ޝެއަރ
ދެ ދުވަސްތެރޭގައި ރާއްޖެއިން ކޮވިޑް-19 ޖެހިގެން 8 މީހުން މަރުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ, އެޗްޕީއޭ އިން ހާމަ ކުރިގޮތުގައި މަރުވެފައިވަނީ މާލޭ ސަރަހައްދުން 3 މީހުންނާއި އަތޮޅު ތެރެއިން 5 މީހުންނެވެ. މިއީ ރާއްޖެއިން ކޮވިޑް ފެނުނު ފަހުން 48 ގަޑިއިރު ތެރޭ މިހާ ގިނަ މީހުން މަރުވި ފުރަތަމަ ފަހަރެވެ.
ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ މަރުތަކުގެ ތެރޭގައި ހިމެނެނީ:
75 ވަނަ މަރު: އިއްޔެ މެންދަމު 03:18 ގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް 77 އަހަރުގެ ދިވެހި އަންހެނެއް
76 ވަނަ މަރު: އިއްޔެ މެންދުރު 12:30 ގައި ޅ. ނައިފަރު ހޮސްޕިޓަލުގައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް
77 ވަނަ މަރު: އިއްޔެ ފަތިހު 03:45 ގައި އއ. ރަސްދޫ އައިސޮލޭޝަންގައި ހުރި 61 އަހަރުގެ އިންޑިއާ ފިރިހެނެއް
78 ވަނަ މަރު: އިއްޔެ ރޭ 07:50 ގައި ޅ. ނައިފަރު ހޮސްޕިޓަލުގައި އޮތް 97 އަހަރުގެ ދިވެހި އަންހެނެއް
79 ވަނަ މަރު: އިއްޔެ ރޭ 21:35 ގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް 88 އަހަރުގެ ދިވެހި ފިރިހެނެއް
80 ވަނަ މަރު: އިއްޔެ ރޭ މެންދަމު 03:47 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް 60 އަހަރުގެ އިންޑިއާ ފިރިހެނެއް
81 ވަނަ މަރު: މިއަދު ހެނދުނު 07:50 ގައި ކ. މާފުށި އައިސޮލޭޝަނުގައި ހުރި 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް
82 ވަނަ މަރު: މިއަދު މެނދުރު 2:46 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް 81 އަހަރުގެ ދިވެހި އަންހެނެއް
ކަރުވާ މީހުންގެ އަދަދު ގިނަ ވަމުންދާއިރު, ޕޮޒިޓިވްވާ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މާލޭ ސަރަހައްދުގެ އިތުރުން 24 ރަށެއް އޮތީ މިނިޓަރިންގެ ހާލަތުގައެވެ.
ހިޔާލު
ގުޅުންހުރި