ރާއްޖެސަރުކާރު

ރާއްޖެ އައި ފަތުރުވެރިޔަކު އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވް ވެއްޖެ

05/12/2021

ޒައިން ރަޝީދު


ޝެއަރ

ރާއްޖެ އައި ފަތުރުވެރިޔަކު އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވް ވެއްޖެއެވެ. މިއީ ރާއްޖެއިން ކޯވިޑްގެ އާވޭރިއަންޓް (އޮމިކްރޯން) ވޭރިއަންޓް ފެނުނު ފުރަތަމަ ފަހަރެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓުގައި ބުނީ ރާއްޖެއައި ފަތުރުވެރިޔަކު އޮމިކްރޯން އަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް، އަދި އޭނާ ކޯވިޑަށް ޕޮޒިޓިވްވީ ކޮންއިރަކު ކަމެއް އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

ސައުތު އެފްރިކާއާއި އެސަރަޙައްދުގެ ބައެއް ޤައުމުތަކުން ކޯވިޑްގެ އާ ވޭރިއެންޓް 'އޮމިކްރޯން' ފެނުމާއި ގުޅިގެން ގިނަ ޤައުމުތަކަކުން އަންނަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. ކޯވިޑްގެ އައު ވައްތަރެއް ދެކުނު އެފްރިކާއިން ފެނި މިއީ ކޯވިޑްގެ ކަންބޮޑުވާންޖެހޭ ބާވަތެއްގެ ވޭރިއަންޓެއްކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވެސް ވަނީ ކަނޑައަޅާފައެވެ.

ކޮވިޑްގެ އައު ވޭރިއަންޓް ދެކުނު އެފްރިކާގެ 7 ގައުމުގެ އިތުރުން އިނގިރޭސިިވިލާތާއި އިންޑިއާއިންވެސް ވަނީ ފެނިފައެވެ.

"އޮމިކްރޯން" އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އެފްރިކާ ސަރަހައްދުގެ 7 ޤައުމަކުން ރާއްޖެއަށް މީހުން އެތެރެވުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. މަނާ ކުރި ޤައުމުތަކުގެ ތެރޭގައި ހިމެނެނީ ދެކުނު އެފްރިކާ، ނެމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮސްޓްވާނާ، ޒިންމްބާބްވޭ އަދި އެސްވަޓީނީންނެވެ.

ހިޔާލު


ގުޅުންހުރި