ދުނިޔެ

ކޮވިޑް ވެކްސިންގެ 6 ޑޯޒް އެއްފަހަރާ ޖެހި މައްސަލަ ބަލަނީ

11/05/2021

Admin


ޝެއަރ

އިޓަލީވިލާތުގެ 23 އަހަރުގެ އަންހެނަކަށް ފައިޒާ ކޮވިޑް-19 ވެކްސިނުގެ 6 ޑޯޒް އެއްފަހަރާ ދީފިއެވެ.

މިދިޔަ އާދިއްތަ ދުވަހު މި މީހާއަށް ގިނަ ޑޯޒްތަކެއް ދީފައި ވަނީ، އިޓަލީގެ ނޯވާ ހޮސްޕިޓަލުން ކަމަށްވާއިރު، މިއީ އެ ހޮސްޕިޓަލުގެ ސައިކޮލަޖީ ޑިޕާރޓްމަންޓުގެ ދަރިވަރެކެވެ.

ފައިޒާ ވެކްސިންގެ 1 ފުޅިއަކީ 6 ޑޯޒް ކަމަށްވާއިރު، އެ އަންހެން މީހާއަށް ފުޅި އެކީއެކަށް ދެވިފައިވަނީ އޮޅިގެންނެވެ. މި އަންހެން މީހާއަށް ވެކްސިން ދިން ސިއްޙީ މަސައްކަތްތެރިޔާއަށް، ކޮންމެ ފުޅިއަކީ 6 ޑޯޒްކަން މޭރުންވީ، ބާކީ 5 ސިރިންޖު އޮތުމުންނެވެ. އޭރު ވަނީ އޭނާއަށް ވެކްސިން ދެވިފައެވެ.

ކޮވިޑު-19 ވެކްސިނުގެ ގިނަ ޑޯޒްތަކެއް އެއްފަހަރާ ދެވިފައިވާތީ، 24 ގަޑިއިރު ވަންދެން އެ އަންހެން މީހާ ވަނީ، ނޯވާ ހޮސްޕިޓަލުން ފަރުވާތެރިކަމާއެކު މޮނިޓަރ ކޮށްފައެވެ. ވެކްސިނުގެ 6 ޑޯޒް ދެވިފައިވާތީ، އެކަމާ ގުޅިގެން ދިފާޢީ ނިޒާމުގެ މައްސަލައެއް އަދި ސިއްޙީކަމެއްގެ އަލާމާތެއްވެސް އެ އަންހެން މީހާގެ ފަރާތުން ފެނިފައި ނުވާކަމަށް، އެ ހޮސްޕިޓަލުން ވަނީ މަޢުލޫމާތު ދީފައެވެ. އެ އަންހެން މީހާގެ ހާލު ގޯސްވެފައި ނުވާތީ، 24 ގަޑިއިރުގެ މޮނިޓަރިންގ އަކަށްފަހު، ހޯމަ ދުވަހު ވަނީ ގެއަށް ދޫކޮށްލާފައެވެ.

ކޮވިޑް-19 ވެކްސިންގެ ގިނަ ޑޯޒުތަކެއް އެއްފަހަރާ ދިން މައްސަލަ އެ ހޮސްޕިޓަލުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެތައް މަހެއް ވަންދެން އިޓަލީއިން ވަނީ ރެކޯޑު އަދަދަށް ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެނި، އެތައް ބަޔަކު ބަލީގައި މަރުވެފައެވެ. އެހެން ނަމަވެސް އިޓަލީގެ ހާލަތު މިހާރު ދަނީ ރަނގަޅުވަމުންނެވެެ.

ހިޔާލު


ގުޅުންހުރި