ރާއްޖެސަރުކާރު

ކޮވިޑް މަރުގެ ރެކޯޑެއް, މިއަދު 7 މަރު

19/05/2021

Admin


ޝެއަރ

ރާއްޖޭގައި ކޮވިޑް ޖެހިގެން ފާއިތުވި 24 ގަޑިއިރު 7 މީހުން ނިޔާވެއްޖެއެވެ. މިއީ ކޮވިޑް ރާއްޖޭގައި ފެތުރެން ފެށިފަހުން, އެއްދުވަހެއްގައި ރާއްޖެއިން މިހާ ގިނަ މީހުން ނިޔާވި ދުވަހެވެ.

މިއަދު ނިޔާވި މީހުންނަކީ :

1. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ 62 އަހަރުގެ އަންހެނެއް

2. ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 66 އަހަރުގެ ފިރިހެނެއް

3. ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 63 އަހަރުގެ އަންހެނެއް

4. ހުޅުމާލޭ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 51 އަހަރުގެ ފިރިހެނެއް

5. އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ 73 އަހަރުގެ ފިރިހެނެއް

6. ލާމު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 69 އަހަރުގެ އަންހެނެއް

7. ލާމު ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ 87 އަހަރުގެ ފިރިހެނެއް

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޮސްވެފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 1,187 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެޗްޕީއޭއިން ބުނީ އިއްޔެގެ 6 އިން މިއަދުގެ ހަވީރު 6 އަށް 3,771 ސާމްޕަލް ޓެސްޓުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދާއި އަތޮޅު ތެރެއިން ނަގާފައިވާ ސާމްޕަލްތައްވެސް ހިމެނެއެވެ.

މިހާރު ރާއްޖޭގެ އެކްޓިވް ކޭސްތަކުގެ އަަދަދު ވަނީ 18,843 އަށް އަރާފައެވެ.

ހިޔާލު


ގުޅުންހުރި