ރާއްޖެސަރުކާރު

ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

26/05/2021

Admin


ޝެއަރ

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ނައިބު ރައީސް ކޮވިޑަށް ޕޮޒިޓިވް ވީ މިއަދު އެވެ. އަދި އެ މަނިކުފާނު މި ވަގުތު ހުންނެވީ ގެ ކޮޅުގައި އެކަހެރިވެވަޑައިގެންނެވެ. ނައިބު ރައީސްގެ ހާލުކޮޅު ރަނގަޅު ކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑުގެ ހާލަތު ވަނީ އިންތިހާއަށް ދަށަށްގޮސް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. މިއަދު އެކަނިވެސް 3 މީހުން މަރުވެފައިވާ އިރު ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 147 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6 އިން މިއަދު ހަވީރު 6 ގެ ނިޔަލަށް 1,299 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ތެރޭގައި މާލޭ ސަރަހައްދުން ޕޮޒިޓިވް ވި 890 މީހުންނާއި އަތޮޅުތެރެއިން 334 މީހުން އަދި ރިސޯޓުތަކުން 48 މީހުން ހިމެނެއެވެ.

ބަލި ކޮންޓްރޯލް ކުރުމުގެ އުއްމީދުގައި މާލޭ ސަރަހައްދު މިއަދުން ފެށިގެން ސަރުކާރުން ވަނީ ފުރަބަންދު ކޮށްފައެވެ.

ހިޔާލު


ގުޅުންހުރި