ސިނަމާ އާއި ލައިފްސްޓައިލްހޮލީވުޑް

ފްރެންޑްސް ރީޔޫނިއަން ރިލީޒްކޮށްފި

28/05/2021

Admin


ޝެއަރ

ޓީވީ ސިލްސިލާ ތަކުގެ ތެރެއިން އެންމެ މަޤުބޫލު އެއް ސިލްސިލާ ފްރެންޑްސްގެ ރީޔޫނިއަން ސްޕެޝަލް ރިލީޒް ކޮށްފި އެވެ.

އެޗްބީއޯ މެކްސްއިން އުފައްދާ ޕްރޮޑިއުސްކުރި މި ރީޔޫނިއަންގައި ފްރެންޑްސް ސިލްސިލާގެ ލީޑު ރޯލުން ފެނުނު ހަ ފަންނާނުންވެސް ފެނުނެވެ.

ރީޔޫނިއަންގެ ޚާއްސަ އެޕިސޯޑުގައި ތަރިން ވަނީ އެ ސީރީޒްގެ ޝޫޓިން ކުރިއަށްދިޔަ ވޯނާ ބްރަދާސް ސްޓޫޑިއޯގެ ސިލްސިލާ ކުޅުނު ގެއަށް ޒިޔާރަތްކޮށް އޭރުގެ ހަނދާންތަކެއް އާކޮށްފަ އެވެ. އިސްކޮށް ހަރަކާތްތެރިވި ހަ ތަރިންގެ އިތުރުން ގިނަ މެހެމާނުންތަކެއްވެސް ރީޔޫނިއަން އެޕިސޯޑުން ފެނިގެންދިޔަ އެވެ. އޭގެ ތެރޭގައި ލޭޑީ ގާގާ އާއި ޖަސްޓިން ބީބާއާއި ބީޓީއެސް އަދި ޑޭވިޑް ބޭކަމް ހިމެނެ އެވެ.

އިއްޔެ މެންދުރު ރީޔޫނިއަން ޕްރިމިއާ ކުރުމާއެކު ގިނަ ބަޔަކު ވަނީ އެ އެޕިސޯޑު ބަލާފަ އެވެ.

ފްރެންޑްސް ސިލްސިލާ އަކީ ދިވެހިންގެ ތެރޭގައި ވެސް ވަރަށް މަޤުބޫލު ޓީވީ ސިލްސިލާ އެކެވެ.

ހިޔާލު


ގުޅުންހުރި