ސިނަމާ އާއި ލައިފްސްޓައިލްހޮލީވުޑް

ވިލް ސްމިތް ކްރިސް ރޮކް ކަންކަށިމަތީ ޖެހި މައްސަލަ ތަހުގީގުކުރަނީ

29/03/2022

ޒައިން ރަޝީދު


ޝެއަރ

އޮސްކާ އެވޯޑު ހަފްލާގައި ވިލް ސްމިތް, ކްރިސް ރޮކް ކަންކަށިމަތީ ޖެހި މައްސަލަ ތަހުގީގުކުރަން ފަށައިފިއެެވެ.

ކްރިސް ކަންކަށިމަތީ ވިލް ސްމިތް ޖެހީ އޭނާގެ އަންހެނުންނާ ގުޅުވާ ކްރިސް ޖޯކްޖެހުމުންނެވެ. ވިލް ސްމިތްގެ އަންހެނުން ޖެޑާއަކީ އެލޮޕީޝިއާ ބަލިޖެހި ބޮލުން އިސްތަށިފައިބާ މީހެކެވެ. ދާދިފަހުން ޖެޑާ ވަނީ ބޯ އެއްކޮށް ބާލާފަ އަދި އެ ހަފްލާއަށް ދިޔައީވެސް ބޯބާލައިގެންނެވެ.

ވިލް ސްމިތް ވަނީ އޭނާގެ އަމަލާމެދު ހިތާމަކޮށް އެކަމަށް މާފަށްވެސް އެދިފައެވެ. ހޮލީވުޑްގެ ގިނަ ފަންނާނުން ދަނީ ވިލް ސްމިތްގެ މިއަމަލު ކުއްވެރިކޮށް ފާޑުކިޔަމުންނެވެ.

ހިޔާލު


ގުޅުންހުރި