ދުނިޔެ

އިންޑިޔާއާއެކު ގުޅުން ބަދަހިކުރުމަކީ ވެވޭ ޚިޔާނާތެއް: އިމްރާން

31/05/2021

Admin


ޝެއަރ

އިންޑިއާއެކު ގުޅުން ބަދަހި ކުރުމަކީ ކަޝްމީރުގެ ރައްޔިތުންނަށް ވެވޭ ބޮޑު ޚިޔާނާތެއް ކަމަށާއި އެކަން ނުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އާދިއްތަ ދުވަހު ލައިވްކޮށް ކުރިއަށް ގެންދިޔަ ސުވާލު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޕާކިސްތާނުގެ ބޮޑުވަޒިރު ވިދާޅުވީ އިންޑިއާއެކު ގުޅުން ވަރުގަދަ ކުރުމުން ވިޔަފާރި ކުރިއަރާނެ ކަމުގެ ޝައްކެއް ނެތް ކަމަށާއި ނަމަވެސް ކަޝްމީރުގެ ދިފާޢުގައި ޝަހީދުވި އެއްލަކަ މީހުންގެ ލޭގެ ބަދަލުގައި ވިޔަފާރި ކުރިއަރުވަން ބޭނުން ނުވާކަމަށެވެ.

ލައިވްކޮށް ކުރިއަށް ގެންދިޔަ ސުވާލު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިމްރާން ޚާން ވިދާޅުވީ, ހުއްޓިފައިވާ ސުލްހައިގެ ވާހަކަތައް އިންޑިއާއެކު ފެށޭނީ މޯދީގެ ސަރުކާރުން ކަޝްމީރުގެ ޚާއްސަ ހާލަތު އުވާލުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެނައުމުންކަމަށެވެ. އަދި ރަޝްމީރުގެ ރައްޔިތުން ކުރަމުންދާ ޖިހާދުގެ މަތިން ހަނދާން ނުނެތޭނެ ކަމަށް އިމްރާން ތަކުރާރުކޮށް ވިދާޅުވިއެވެ.

އިންޑިއާއިން ކަޝްމީރަށް ދީފައިވާ ޚާއްސަ ހާލަތު އުވާލާ, އެ ސަރަަހައްދު އިދާރީ ގޮތުން ދެ ބަޔަކަށް ބަހަން ނިންމީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުުގައެވެ. މިނިންމުމާ ގުޅިގެން އެ ސަރަހައްދުގައި ބޮޑެތި ހަމަނުޖެހުން ހިނގާ ކަޝްމީރު އެއްކޮށް ފުރަ ބަންދުކުރިއެވެ. އަދި އެ ކަޝްމީރުގެ ސިޔާސީ ވެރިންނާއި ޕާޓީތަކުގެ ވެރިންވަނީ ހައްޔަރުކޮށްފައެވެ. އަދި ކަޝްމީރުގައި ހިންގި ހަމަނުޖެހުމުގައި އެތައްބަޔަކު ޝަހީދުވެ އެތައްބަޔަކަށް ވަނީ އަނިޔާވެފައެވެ.

ކަޝްމީރުގެ ޚާއްސަ ހާލަތު އިންޑިއާއިން އުވާލުމާ ގުޅިގެން ޕާކިސްތާނުންވަނީ އިންޑިއާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންވެސް ދަށްކޮށްފައެވެ. އަދި ވިޔަފާރީގެ ގުޅުން އެއްކޮށް ކަނޑާލިއެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ބޮޑުވަޒީރުން ވަނީ ގުޅުން އަނެއްކާވެސް ރަނގަޅު ކުރުމާ ގުޅޭގޮތުން ސިޓީތައް ބަދަލުކޮށްފައެވެ.

ހިޔާލު


ގުޅުންހުރި