ރާއްޖެސަރުކާރު

ކޮވިޑްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން ކުޑަކުއްޖަކު މަރުވެއްޖެ

02/06/2021

Admin

ކޮވިޑުގަ މަރުވި މީހަކު ވަޅުލަނީ - ފޮޓޯ: ޝާރިޤް


ޝެއަރ

ކޮވިޑް ޖެހިގެން ރާއްޖެއިން ފުރަތަމަ ފަހަރަށް ކުޑަ ކުއްޖަކު މަރުވެއްޖެއެވެ.

ދިހަ އަހަރުގެ މި ކުއްޖާ މަރުވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. މީގެ ހަފުތާއެއް ކުރިން ކޮވިޑަށް ޕޮޒިޓިވްވި މި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ހާލު ދެރަވެ ނޭވާލާން އުދަނގޫވެގެންނެވެ. ކުއްޖާގެ ހާލު ގޯސްވެ، ނޭފަތުން ލޭ އައިސް އެންމެ ފަހުން ހޭނެތިގެން ވެއްޓުނު ކަމަށް ޢާއިލާގެ މީހަކު ކިޔަދިނެވެ.

ކުއްޖާގެ ހާލަތު ގޯސްވާން ފެށުމުން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް އެދި އެމްބިއުލާންސަށް އައިލާއިން ތަކުރާރުކޮށް ގުޅިނަމަވެސް އެމްބިއުލާންސް އައީ 2 ގަޑިއިރުފަހުން ކަމަށް އާއިލާއިން ބުންޏެވެ. އަދި ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އައިލާއިން މަޢުލުމާތު ދިނެވެ.

"ނޭވާލާން އުނދަގޫވެ ކުއްޖާގެ ހާލަތު ގޯސްވުމުން އެހީއަށް އެދި ހުރިހާ ފަރާތަކަށްވެސް ދިޔައީ ގުޅަމުން. 9 ޖެހިއިރު އެމްބިއުލާންސްއަށް ގުޅާ ހޮސްޕިޓަލަށް ގެންގޮސްދޭން އެދުނު. 1676 ނަންބަރު ދޭ ހަމަ އެކަނި ޖަވާބަކީ މެޑިކަލް ޓީމަށް އަންގައިފިކަމަށް، އެބައާދޭ ކަމަށް. އައިޖީއެމްއެޗްގެ އެންބިއުލާން ސެކްޝަށްވެސް ގުޅި. އެކަމު އެމްބިއުލާންސް އައީ 11 ޖެހިއިރު. އޭރު ކުއްޖޭ ހޭނެތިގެން ވެއްޓިއްޖެ" އާއިލާގެ މެންބަރަކު ކިޔައިދިނެވެ.

ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމުގައި ލަސްވި މައްސަލަ ހެލްތް މިނިސްޓްރީ މިހާރު ދަނީ ބަލަމުންނެވެ. މިއީ ކޮވިޑުގައި ރާއްޖެއިން ކުޑަ ކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.

ރާއްޖޭގައި 18 އަހަރުން ދަށުގެ 218 ކުދިންނަށް ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހިޔާލު


ގުޅުންހުރި