ދުނިޔެ

އެމެރިކާއިން ވެކްސިން ދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި

03/06/2021

Admin

އެމެރިކާގެ ރައީސް ޖޯ ބައިޑެން - ފޮޓޯ: އޭޕީ


ޝެއަރ

އެމެރިކާއިން ކޮވިޑް ވެކްސިންގ ފޯރުކޮށްދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް ޤައުމުތަކުން ކުރަމުންދާ މަސައްކަތުގައި އެހީވެ, ބަލި ކޮންޓްރޯލް ކުރުމަށް ޤައުމުތަކަށް ބޭނުންވާ ވެކްސިން ފޯރުކޮށް ދިނުމަށް އެމެރިިކާއިން ކުރަމުންދާ މަސައްކަތުގެ ދަށުން 80 މިލިއަން ޑޯޒު ވެކްސިން ބެހުމަށް ވަނީ ނިންމާފައެވެ. މީގެ ތެރެއިން 75 އިންސައްތަ ޤައުމުތަކަށް ފޮނުވުމަށް ނިންމާފައިވަނީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ, ޑަބްލިއުއެޗްއޯ އިން އުފައްދާފައިވާ ކޮވެކްސް ފެސިލީ މެދުވެރިކޮށެވެ.

މިއަދު އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ ފުރަތަމަ 25 މިލިއަން ޑޯޒު ބަހާނެ ގޮތުގެ ތަފުސީލު ހާމަކުރައްވާފައެެވެ. ރާއްޖެ ހިމެނޭހެން އޭޝިޔާ ބައްރުގެ ޤައުމުތަކަށް 7 މިލިއަން ޑޯޒު ފޮނުވުމަށް ވަނީ ނިންމާފައެވެ. މި ސަރަހައްދުން ވެކްސިން ފޮނުވަން ނިންމި ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ, ޕާކިސްތާން, ނޭޕާލް, ބަންގްލަދޭޝް އަދި މެލޭޝިޔާ ހިމެނެއެވެ.

އެމެރިކާއިން ވެކްސިން ފޮނުވާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ވަނީ އެކަން ފާހަގަކޮށް އެމެރިކާގެ ރައީސްއާއި ސަރުކާރަށް ޝުކުރު އަދާކުރައްވާ ފައެވެ.

ރާއްޖެ ހިމެނެނީ ކޮވިޑް ވެކްސިން ޖެހި ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ޖެހާފައިވާ ޤައުމުތަކުގެ ތެރޭގައެވެ. އެގޮތުން ރާއްޖޭގެ އާބާދީ 62 ޕަސެންޓަށް ވެކްސިން ޖަހާފައިވާ ކަމަށް ސަރުކާރުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި