ދުނިޔެ

އިނގިރޭސިވިލާުތުގައި ކުޑަ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ވިސްނަނީ

04/06/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

އިނގިރޭސިވިލާތުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ-ބަޔޯނޮންޓެކް ކޮވިޑް-19 ވެކްސިން ދިނުމުގައި އެއްވެސް ނުރައްކަލެއް ނެތް ކަމަށް އިނގިރޭސި ސިއްހީ މާހިރުން ބުނެފިއެވެ.

އިނގިރޭސިވިލާތުގެ މެޑިސިންސް އެންޑް ހެލްތް ކެއަރ ޕްރޮޑަކްޓްސް ރެގިއުލޭޓަރީ އޭޖެންސީ (އެމް.އެޗް.އާރް.އޭ) އިން ބުނީ 12 އަހަރާއި 15 އަހަރުގެ ކުދިންނަށް ފައިޒަރ ވެކްސިނުގެ އަސަރު ރަނގަޅަށް ކުރާނެ ކަމަށެވެ. އަދި މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމާ ބެހޭގޮތުން މި ދިރާސާތައް ހަދާފައިވަނީ ވަރަށް އުނދަގުލުންކަން ހާމަކޮށްފައިވެއެވެ. އެމް.އެޗް.އާރް.އޭގެ ސީއީއޯ ޑރ. ޖޫން ރެއިން ވިދާާޅުވީ 16 އަހަރުންދަށުގެ ކުދިންނަށް ވެކްސިން ދިނުމަށްފަހުގައި ވަރަަށް ފަރުވާތެރިކަމާއެކު އެކުދިން މޮނިޓަރ ކުރާނެ ކަމަށެވެ.

ސިއްހީ މާހިރުން މިހެން ބުނި ނަމަވެސް އިނގިރޭސިވިލާތުގައި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދޭން ފަށާނީ އެ ޤައުމުގެ ވެކްސިނާބެހޭ ކޮމިޓީތަކުން އެގޮތަށް ނިންމުމުންނެވެ.

އިނގިރޭސިވިލާތުގައި މިހާރު ވެކްސިން ޖަހަނީ 18 އަހަރުން މަތީގެ މީހުންނަށެވެ. އެހެން ނަމަވެސް 18 އަހަރާއި 16 އަހަރާ ދެމެދުގެ ހައި ރިސްކް ކުދިންނާއި، ކޮވިޑް ބަލީގައި ބޮޑުވަރުވަމުންދާ ނުވަތަ ޙާލު ސީރިއަސް މީހެއްގެ ގޭގައި އުޅޭނަމަ ފައިޒަރ ވެކްސިނުގެ ޑޯޒެއް ޖަހައެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޔޫރަޕްގެ އިއްތިހާދުން ވަނީ 15 އަހަރާއި 12 އަހަރުގެ ކުދިންނަށް ފައިޒަރ-ބަޔޯނޮންޓެކް ވެކްސިން ދޭން ނިންމާފައެވެ. މިއާއެކު މިހާރު އެމެރިކާއާއި ކެނެޑާގައި މި އުމުފުރާގެ ކުދިންނަށް ވެކްސިން ދެއެވެ. އަދި ޖަރުމަންވިލާތުން ދަނީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން މި އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ތައްޔާރުވަމުންނެވެ.

ވެކްސިން ގެ އަޖުމަ ބެލުމުގެ ގޮތުގައި އިނގިރޭސިވިލާތުގައި މިހާތަނަށް 2,000 އަށްވުރެ ކުދިންނަށް ވެކްސިން ޖެހިއިރު، ދެވަނަ ޑޯޒްގެ ފަހުން ކޮވިޑުގެ ކޭހެއް ފެނިފައިނުވާ ކަމަށް އެ ޤައުމުގެ ސިއްހީ އޮފިޝަލުން މަޢުލޫމާތުދެއެވެ.

ހިޔާލު


ގުޅުންހުރި