ރާއްޖެސަރުކާރު

އެސްއެމްއައިގެ "ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބަލައިޒޭޝަން" ގައި ރައީސް ބައިވެރިވެވަޑައިގެންފި

02/12/2025

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ އިސްނެންގެވުމުގެ ދަށުން އިންތިޒާމްކުރެވުނު 'ހައި-ލެވެލް ބްރީފިންގ އޮން ޕްރައިވެޓް ކެޕިޓަލް މޮބިލައިޒޭޝަން' ގައި ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުން އިންތިޒާމުކޮށްފައިވަނީ ހިޒް މެޖަސްޓީ ޗާލްސް ތިންވަނަ އިސްނަންގަވައިގެން އުފައްދަވާފައިވާ ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވް (އެސް.އެމް.އައި.) އިންނެވެ. މި ބައްދަލުވުމުގައި، ބައިނަލްއަޤްވާމީ ޑިވެލޮޕްމަންޓް ބޭންކްތަކާއި (އެމް.ޑީ.ބީ.) ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އިސްވެރީން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ، ޤައުމުތަކުން ދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރުމުގައި އެމް.ޑީ.ބީ.ތައް މެދުވެރިކޮށް ޕްރައިވެޓް ފައިނޭންސް މޮބިލައިޒްކުމުގެ މަސައްކަތްތައް ހަލުވިކުރުމެވެ.

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެހެނިހެން ޢިއްޒަތްތެރި ބޭފުޅުންގެ ތެރޭގައި ހިމެނެނީ:

ކޮމަންވެލްތް އޮފް ދަ ބަހާމާސްގެ ބޮޑު ވަޒީރު، ދަ އޮނަރަބަލް ފިލިޕް އެޑްވަރޑް ޑޭވިސް، ކޭ.ސީ.

އަލްޓެރާގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މރ. މަޖީދު އަލް ސުވޭދީ

ވަރލްޑް ބޭންކް ގްރޫޕްގެ ރައީސް، މރ. އަޖޭ ބާންގާ

އިންޓަރ-އެމެރިކަން ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ.) ގެ ރައީސް، މރ. އީލާން ގޯލްޑްފައިން

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) ގެ ރައީސް، މރ. މަސާތޮ ކާންޑާ

އެފްރިކަން ޑިވެލޮޕްމަންޓް ގްރޫޕްގެ ރައީސް، ޑރ. ސީދީ އޫލްދް ތާ

އެފްރިކާ ފައިނޭންސް ކޯޕަރޭޝަން (އޭ.އެފް.ސީ.) ގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މރ. ސަމައިލާ ޒުބައިރޫ

ޔޫރަޕިއަން ބޭންކް ފޮރ ރިކޮންސްޓްރަކްޝަން އެންޑް ޑިވެލޮޕްމަންޓް (އީ.ބީ.އާރު.ޑީ.) ގެ ރައީސް، މރ. އޮޑީލް ރެނޯ-ބާސޯ

ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީ.އައި.ބީ.) ގެ ރައީސް، މިސް ނާޑިއާ ކަލްވީނިޔޯ

އޭޝިއަން އިންފްރަސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) ގެ ރައީސް، މިސްޓަރ ޖިން ލީކުން

ކެރީބިއަން ޑިވެލޮޕްމަންޓް ބޭންކް (ސީ.ޑީ.ބީ.) ގެ ރައީސް، މިސްޓަރ ޑެނިއަލް ބެސްޓް

ފިންޑެވް ކެނެޑާގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސް ލޯރީ ކަރ

އެސް އެންޑް ޕީ ގްލޯބަލްގެ ރައީސް އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސް މަރޓީނާ އެލް. ޗަންގް

ސްޓޭންޑާރޑް ޗާރޓަރޑްގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ބިލް ވިންޓަރޒް

އެޗް.އެސް.ބީ.ސީ.ގެ ގްރޫޕް ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ޖޯޖް އެލްހެދެރީ

ބާރކްލޭސްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ސީ. އެސް. ވެންކަޓަކްރިޝްނަން

ބޭންކް އޮފް އެމެރިކާ އިންޓަރނޭޝަނަލްގެ ރައީސް، މިސްޓަރ ބަރނާޑް މެންސާ

ބްލެކްރޮކްގެ ސީ.އީ.އޯ އިންޓަރނޭޝަނަލް، މިސް ރޭޗަލް ލޯޑް

އެޑްވެންޓް އިންޓަރނޭޝަނަލްގެ މެނޭޖިންގ ޕާރޓްނަރ، މިސްޓަރ ޖޭމްސް ބްރޮކަލްބެންކް

ޕްރައިސްވޯޓަރހައުސްކޫޕަރސް (ޕީ.ޑަބްލިޔު.ސީ.) ގެ ގްލޯބަލް ޗެއަރމަން، މިސްޓަރ މުޙައްމަދު ކާންޑޭ

މަސްދަރގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ މުޙައްމަދު ޖަމީލް އަލް ރަމާހީ

އޮކްޓޮޕަސް އެނަރޖީގެ ކޯ-ފައުންޑަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ގްރެގް ޖެކްސަން

ރޮބަރޓްސަން ގްރޫޕްގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ އެލިއޮޓް ރޮބަރޓްސަން

ކޮންޑޫއިޓް ރީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނީލް އެކަރޓް

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ޑެޓް-ފޮރ-ކްލައިމެޓް" އަދި "ޑެޓް-ފޮރ-ނޭޗަރ" މަޝްރޫޢުތައް ކުރިއެރުވުމަށާއި، ތިމާވެއްޓާ ރައްޓެހި ޕްރައިވެޓް ފައިނޭންސް ފޯރުކޮށްދޭ އިންސްޓިޓިއުޝަންތަކުގެ އެއްބާރުލުން އިތުރުކުރުމާގުޅޭ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މިގޮތުން، ދިވެހިރާއްޖެއަށާއި ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި މާލީ އެހީތެރިކަމުގެ ބޭނުންތައް ފާހަގަކުރައްވާ، އެކަންކަމަށް ހައްލު ހޯދުމަށް މަގުފަހިކުރެވިދާނެ ގޮތްތަކެއް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުށަހަޅުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅަކީ އިނގިރޭސިވިލާތުގެ ރަސްގެފާނު، ހިޒް މެޖަސްޓީ ޗާލްސް ތިންވަނައިގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން މޫސުމީ ބަދަލުތަކަށް އެކަށޭނެ، އިންސާފުވެރި އަދި ދެމެހެއްޓެނިވި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް މިފަދަ އެހީތެރިކަމުގެ ފުރިހަމަ މަންފާ ލިބިގެންދާނެ ގޮތްތަކަށް ވަކާލާތުކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ އަޑު އިތުރަށް އުފުލުމުގެ ފުރުޞަތު ލިބިގެންދިޔައެވެ.

ސަސްޓެއިނަބަލް މާކެޓްސް އިނޝިއޭޓިވްގެ މި ބައްދަލުވުމަކީ، ސަރުކާރުތަކުގެ ލަނޑުދަނޑިތަކާއި އަމިއްލަ ފަރާތްތަކުގެ އިންވެސްޓްމަންޓް ގުޅުވައިލުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މުހިންމު މަސައްކަތެކެވެ.

ހިޔާލު


ގުޅުންހުރި