ރާއްޖެސަރުކާރު
ހާލު ދެރަވެގެން ދާންދޫން މާލެ ގެނައި ޒުވާނަކު ނިޔާވެއްޖެ
05/06/2021
Admin
ދަރުމަވަންތަ ހޮސްޕިޓަލް - ޑްރޯން ފޮޓޯ: އަހުމަދު އަޝްރަފް
ޝެއަރ
ކޮވިޑް-19 ޖެހި ހާލު ދެރަވެގެން ގއ. ދާންދޫން މާލެ ގެނައި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވީ ގއ. ދާންދޫ ވިޔަވަތި މަރިޔަމް އިބްރާހީމް އެވެ. 27 އަހަރުގެ މި ޒުވާނާ ނިޔާވީ މިއަދުގެ ފަތިހުގެ ވަގުތެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ ކޮވިޑަށް ޓެސްޓު ކުރީ މިިދިޔަ މަހުގެ 16 ވަނަ ދުވަހުގައެވެ. ދާންދޫ ސިއްޚީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އޭނާގެ ހާލު ދެރަވެގެން އޭނާ މާލެ ގެނެސް ދަރުމަވަންތަ ހޮސްޕިޓަލުގައި ދިޔައީ ފަރުވާ ދެމުންނެވެ.
މިއީ ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި 181 ވަނަ މީހާއެވެ. އަދި މިއީ މިއަދު ނިޔާވި 3 ވަނަ މީހާއެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 435 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވީ 249 މީހުންނެވެ. އަދި އަތޮޅު ތެރެއިން 154 މީހުންނާއި ރިސޯޓުތަކުން 29 މީހުންނެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީން ރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި 21,032 އެކްޓިވް ކޭސް އުޅޭއިރު 213 މީހުންނަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ހިޔާލު
ގުޅުންހުރި