ރާއްޖެސަރުކާރު

އިތުރު ދެ ވެކްސިނެއް ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފި

06/06/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ޖޮންސަން އެންޑް ޖޮންސަން ކުންފުނީގެ ޖެންސަން ކުންފުނިން އުފެއްދި ޖެންސަން ވެކްސިނާއި ސްޕެއިންގެ އުފެއްދުމެއް ކަމަށްވާ މޮޑަރނަރ ކޮވިޑް-19 ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ދީފިއެވެ.

މި ދެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނީ މިހާރުގެ ރާއްޖޭގެ ޙާލަތަށް ރިޢާޔަތްކޮށް އިމަރޖެންސީ ޙާލަތްތަކުގައި ބޭނުން ކުރުމަށާއި އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑަރަގް އޮތޯރިޓީން ނެރުނު ބަޔާނެއްގައި ވެއެވެ. ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އެ އޮތޯރިޓީން ދިނީ މިކަމުގައި ފުރިހަމަ ކުރަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ބަލަންޖެހޭ ޓެކްނިކަލް ކަންކަން ފުރިހަމަށް ބަލައި ދިރާސާކުރުމާއެކު، ފަންނީ ލަފާދޭ ނޭޝަނަލް ފާމަސޫޓިކަލް ބޯޑުގެ މަޝްވަރާއެކުގައި ކަމަށް އެމްއެފްޑީއޭ އިން މަޢުލޫމާތު ދެއެވެ.

ޖެންސަން ވެކްސިން ނުވަތަ އޭޑީ26. ކޮވް2- އެސް (ރީކޮމްބިނެންޓް) ވެކްސިން ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ, (ޑަބްލިއުއެޗްއޯ) ގެ އިމަޖެންސީ ޙާލަތްތަކުގައި ބޭނުންކުރާ ވެކްސިން ލިސްޓުގައި ހިމަނާ, މިހާތަނަށް 42 ޤައުމެއްގައި އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ވަނީ ދީފައެވެ. މޮޑަރނަރ ކޮވިޑް-19 ވެކްސިނަކީ 49 ޤައުމެއްގައި އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަ ދީފައިވާ ވެކްސިނެއްކަމަށް އެމްއެފްޑީއޭގެ ބަޔާނުގައިވެއެވެ. މިހާތަނަށް މި ދެ ވެކްސިން ބޭނުން ކުރަން ފެށި ޤައުމުތަކުގެ ތެރޭގައި އެމެރިކާ, ނެދަލޭންޑްސް, ކެނެޑާ, ބެލްޖިއަމް، އޮސްޓރޭލިއާ، ޑެންމާކް، އިޓަލީ، ދެކުނު އެފްރިކާ، ސްވިޓްޒަލޭންޑް އަދި ސްޕެއިން ފަދަ ޔޫރަޕުގެ ބޮޑެތި ޤައުމުތައް ހިމެނެއެވެ.

މި 2 ވެކްސިނާއެކު ރާއްޖޭގައި ކޮވިޑް-19 6 ވެކްސިނެއް ބޭނުން ކުރުމުގެ ހުއްދަ މިހާރު ވަނީ ދީފައެވެ.

ހިޔާލު


ގުޅުންހުރި