ރާއްޖެސަރުކާރު

ފެނާއި ނަރުދަމާގެ ނިޒާމް ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރަނީ

08/06/2021

Admin


ޝެއަރ

ރަށްރަށުގައި ޤާއިމުކޮށްފައިވާ ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓާ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއްގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ފެނާއި ނަރުދަމާގެ ނިޒާމް ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކް 3ގެ ފެންވަރަށް ތަމްރީން ކުރުމަށް ވަނީ ހަމަޖެހިފައެވެ. 6 މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި 4 ރަށެއްގައި ޔުޓިލިޓީ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން މިދާއިރާއަށް ޝައުގުވެރިވާ ފަރާތްތައް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއިން ތަމްރީން ކުރާނެއެވެ. މި ހަތަރު ރަށަކީ ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް) ފަންޑުގެ ހިލޭ އެހީގައި ސަރުކާރުން ފެނުގެ ނިޒާމް ގާއިމްކުރާ ހދ. ނޮޅިވަރަންފަރު، ށ.ފޯކައިދޫ، ރ.މަޑުއްވަރީ އަދި ބ.ދަރަވަންދޫއެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެކަމަށް މިނިސްޓްރީ ބުނެއެވެ.

ގާތްގަޑަކަށް 4 ލައްކަ ރުފިޔާއަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީއާ ހަވާލުކުރި މި މައްސަކަތަކީ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން މި ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ތަމްރީނުކޮށް, ފަންނީ ޤާބިލްކަށް އިތުރުކުރުމަށް ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭންގެ 3.1 ވަނަ ސްޓެރަޓަޖީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން 2023 ވަނަ އަހަރު ނިމެންވާ އިރަށް ފެނާއި ނަރުދަމާ ނިޒާމްތައް ހިންގާ ބަލަހައްޓާ އޮޕަރޭޓަރުން ސެޓްފިކެޓް ލެވެލް 3 އަކަށް ތަމްރީނުވެފައި ތިބުމަށްވަނީ ކަނޑައަޅާފައެވެ." އެންވައިރޮންމަންޓު މިނިސްޓްރީން ބުންޏެވެ.

މިމަސައްކަތަކީ ދިވެހި ސަރުކާރާއި ގްރީން ކްލައިމެޓް ފަންޑް (ޖީސީއެފް)ގެ އެހީގެ ދަށުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

ހިޔާލު


ގުޅުންހުރި