ކުޅިވަރުރާއްޖޭގެ ކުޅިވަރު

10/06/2021

ޢަލީ ޝާމިލް ޙަސަން

މުޙައްމަދު އަބްދުސައްތާރު (ޗަމްޕީ) - ފޮޓޯ: އެމްއޯސީ


ޝެއަރ

މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީ (އެމްއޯސީ)ގެ ރައީސަކަށް ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުޙައްމަދު އަބްދުސައްތާރު (ޗަމްޕީ) އިންތިޚާބުކޮށްފިއެވެ.

މިއަދު ހެންވޭރު ދަނޑުގައި ބޭއްވި އެމްއޯސީ ގެ އެކްޓްރާ އޯޑިނަރީ ޖެނެރަލް އެސެމްބްލީގައި 3 ވަނަ ދައުރުގެ ރައީސްގެ މަޤާމު ޗަމްޕީ ކާމިޔާބުކުރީ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު (މޫސަ) އާއި ވާދަކޮށް 11-18 ވޯޓުގެ ނަތީޖާއަކުންނެވެ. ޗަމްޕީއާއި މޫސަގެ އިތުރުން އެފްއޭއެމްގެ ނާއިބު ރައީސް އަލީ އުމަރު ވާދަކުރިއެވެ. ނަމަވެސް އަލީ އުމަރު ވަނީ ރޭގަ ނަން އަނބުރާ ގެންގޮސްފައެވެ.

އެމްއޯސީގެ ދެ ނާއިބު ރައީސުންގެ ގޮތުގައި ހޮވުނީ އަޙްމަދު އިސްމާޢީލް އަދި މުޙައްމަދު ތޮލާލެވެ. މީގެ އިތުރުން އެކްސްކޯގެ އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީއަށް ވާދަކުރި 10 އެސޯސިއޭޝަންގެ ތެރެއިން މަޤާމަށް ހޮވުނީ ބެޑްމިންޓަން، ބާސްކެޓްބޯލް، ސާފިންގ އަދި ޓީޓީގެ އިތުރުން، ޓެނިސް އަދި ވޯލީބޯލް އެސޯސިއޭޝަނެވެ. މިއާއެކު، ނޮން އޮލިމްޕިކް ސްޕޯޓްސް ކެޓަގަރީއަށް ވާދަކުރި 7 އެސޯސިއޭޝަންގެ ތެރެއިން މަޤާމަށް ހޮވުނު 2 އެސޯސިއޭޝަނަކީ ބޮޑީބިލްޑިންގ އަދި ޗެސް އެސޯސިއޭޝަނެވެ.

ދެ ނާއިބު ރައީސުންގެ ގޮތުގައި ހޮވުނީ އަޙްމަދު އިސްމާޢީލް އަދި މުޙައްމަދު ތޮލާލް


އެކްސްކޯގެ އަންހެން މެންބަރުކަމަށް 2 އެސޯސިއޭޝަނެއް ހޮވަން ހަމަޖެހިފައިވީރު، މި މަޤާމަށް ވާދަކޮށްފައި ވަނީ ނެޓްބޯލް އެސޯސިއޭޝަން އެކަންޏެވެ. އެހެން ކަމުން ނެޓްބޯލް އެސޯސިއޭޝަނަށް ވަނީ މި މަޤާމް ކަށަވަރުވެފައެވެ.

ޗަމްޕީ ވަނީ އެމްއޯސީގެ ނާއިބު ރައީސްގެ މަޤާމުވެސް ފުރާފައެވެ. އެމްއޯސީގެ އެންމެ ފުރަތަމަ އިންތިޚާބީ ރައީސް، އިބްރާހީމް އިސްމާޢީލްގެ ފަހުން މިދިޔަ 2 ދައުރުގެ ރައީސަކީ މުޙައްމަދު ޝަވީދުއެވެ.

ހިޔާލު


ގުޅުންހުރި