ރާއްޖެސަރުކާރު

މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

11/06/2021

Admin


ޝެއަރ

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

މެޑަމް ނަސްރީނާ މިވަގުތު ހުންނެވީ ގެކޮޅުގައެވެ. އަދި ހާލުކޮޅު ރަނގަޅު ކަމަށް ރައީސް މައުމޫންގެ ޕާޓީ މޯލްޑިވްސް ރީފޯމް މޫވްމަންޓް(އެމްއާރއެމް) އިން މަޢުލޫމާތު ދެއެވެ. ރައީސް މައުމޫންއާއި ނަސްރީނާވެސް ވަނީ ކޮވިޑް-19 ވެކްސިންގ ގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައެވެ. އަދި ވެކްސިން ޖެހުމަށް ބާރު އަޅުއްވާ ވާހަކަ ދައްކަވައެވެ.

ވެކްސިން ޖަހަން ފެށުމުގެ ކުރިން މިިދިޔަ އަހަރުގެ އޯގަސްޓު މަހުގައި ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވްވިއެވެ. ހައިރިސްކް ބޭފުޅަކަށްވާތީ ދަރުމަވަންތައިގެ އައިސީޔޫގައި އެޑްމިޓްކޮށް ފަރުވާދިނުމަށްފަހު ދޫކޮށްލީ ބަލިންފަސޭހަފުޅުވުންނެވެ. އެ ފަހަރު އާއިލާގެ އެހެން ބޭފުޅުން ކޮވިޑަށް ނެގެޓިވްއެވެ.

ހިޔާލު


ގުޅުންހުރި