ދުނިޔެ

ނަތަންޔާހޫގެ ވެރިކަން ނިމި, އިޒްރޭލުގެ ބޮޑުވަޒީރަކަށް ނަފްތާލީ

13/06/2021

Admin


ޝެއަރ

ބާރަ އަހަރަށްވުރެ ގިނަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރުކަން ކުރެއްވި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމި އައު ބޮޑުވަޒީރަކަށް ނަފްތާލީ ބެނެޓް އައްޔަންކޮށްފިއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އިޒްރޭލުގެ ޤާނޫނުހަދާ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި ނަފްތާލީ ވަނީ ބޮޑުވަޒީރު ކަމުގެ ހުވާކުރައްވާފައެވެ. ނަފްތާލީ ބޮޑުވަޒީރުކަމަށް އައީ ހަތަރު ޕާޓީއަކާއެކު ކޯލިޝަން ހަދައިގެންނެވެ. ކޯލިޝަން އެއްބަސްވުމުގެ ދަށުން, ޔަމިނާ ޕާޓީގެ ލީޑަރ ނަފްތާލީ ބޮޑުވަޒީރުކަން ކުރައްވާނީ ފުރަތަމަ 2 އަހަރު ދުވަހުގައެވެ. އަދި ފަހު 2 އަހަރު ދުވަހު ބޮޑުވަޒީރުކަން ކުރައްވާނީ ކޯލިޝަންގައި ހިމެނޭ ޔަޝް އަތީދް ޕާޓީގެ ރައީސް ޔައިރު ލެޕިޑްއެވެ.

އިޒްރޭލުގެ އައު ބޮޑުވަޒިރު ނަފްތާލީ ބެނެޓް


ބޮޑުވަޒީރުކަން ގެއްލުމަށްފަހު ނަތަންޔާހޫ ވިދާޅުވީ އިދިކޮޅު ޕާޓީގެ ގޮތުގައި އޭނާގެ ލިކުދު ޕާޓީ މަސައްކަތް ކުރަންޖެހިލުން ނުވާނެކަމަށާއި, ނަފްތާލީގެ ސަރުކާރު ވަރަށް އަވަހަށް ވައްޓާލުމަށްފަހު އަލުން ވެރިކަމަށް އަންނާނެކަމަށެވެ. އަދި އޭނާ ވަނީ ނަފްތާލީގެ ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިރޭ ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި ނަފްތާލީގެ ކޯލިޝަން ސަރުކާރު ފާސްވީ 1 އެންމެ ވޯޓެއްގެ ތަފާތުންނެވެ.

ހިޔާލު


ގުޅުންހުރި