ވިޔަފާރި

އިންޓަނެޓްގެ އެންމެ ދަށް ސްޕީޑް ބަރޯސާވަނީ ބޭނުންކުރާ ހިދުމަތައް: އުރީދޫ

30/06/2021

Admin

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަން އޮފިސަރ އަހުމަދު ނިޔާޒު


ޝެއަރ

ކަސްޓަމަރުންނަށް ލިބޭ އިންޓަނެޓްގެ އެންމެދަށް ސްޕީޑް ބަރޯސާ ވަނީ ބޭނުން ކުރާ ޚިދުމަތަކަށް ކަމަށް އޫރިދޫ މޯލްޑިވްސްއިން ބުނެފިއެވެ.

އުރީދޫއިން ކްލަބް ހައުސްގައި މިއަދު ބޭއްވި އާންމު ބައްދަލުވުމެއްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އޫރިދޫގެ ޗީފް ކޮމާޝަލް އޮފިސަރ އަހުމަދު ނިޔާޒު ވިދާޅުވީ, އިންޓަނެޓްގެ މިނިމަމް ސްޕީޑް ނުވަތަ އެންމެދަށް ސްޕީޑުގެ ގޮތުގައި ވަކި އަދަދެއް ލިބޭނެކަމަށް ބުނަން ދަތިކަމަށާއި, އެމީހަކަށް ލިބޭ އެންމެ ދަށް ސްޕީޑް ބަރޯސާވަނީ އެ މީހަކު ބޭނުންކުރާ ޚިދުމަތަކަށް ކަމަށެވެ.

"މިނިމަމް އަޅުގަނޑުމެންނަކަށް އަސްލު ނުއެއް ކިޔޭ, އެއީ އެބޭފުޅަކު ބޭނުންކުރާ ސަރވިސްއަކަށް އޭތި ޑިޕެންޑް ވަނީ. މިސާލަކަށް އެ ރިމޯޓް ސާރވާއަކަށް, އެޑޭޓާ ސެންޓަރުގެ ލޮކޭޝަނުން ދޭ ސްޕީޑަކަށް އޭތި ޑިޕެންޑް ވާނީ. އަޅުގަނޑުމެން މި އިންނަނީ 5 އެމްބީޕީއެސްގެ ޕައިޕެއް ހުޅުވާދީފަ" ނިޔާޒު ވިދާޅުވިއެވެ.

އިންޓަނެޓް އަގު ހެޔޮކުރުމަށްފަހު ސަރުކާރުން އިއުލާން ކޮށްފައިވަނީ, ރާއްޖޭގައި އެންމެ ދަށްކޮށް 5 އެމްބީޕީއެސް ސްޕީޑުގައި އިންޓަނެޓް ލިބޭނެކަމަށެވެ. އުރިދޫއިން އިއުލާންކުރި ޕެކޭޖުތަކުގައި ބުނެފައިވަނީ ތްރޮޓްލް ސްޕީޑް 5 އެމްބީޕީއެސްއާ ހަމައަށް ލިބޭނެކަމަށެވެ. ނަމަވެސް އެއީ ލިބޭނެ އެންމެ ދަށް ސްޕީޑްގެ ގޮތުގައި ބުނަން އުރީދޫން ވަނީ ދެކޮޅު ހަދާފައެވެ. އެހެން ކަމުން އިންޓަނެޓް ޕެކޭޖުތަކުން އެންމެ ދަށްކޮށް 5 އެމްބީޕީއެސްގައި ޚިދުމަތް ލިބޭނެ ކަމުގެ އުއްމީދެއްނެތެވެ.

މިއަދުގެ ބައްދަލުވުމުގައި ބައެއް އާންމުން ވަނީ ޕޯސްޓް ޕެއިޑްގެ ބައެއް ޕެކޭޖުތަކުގެ ޑޭޓާ އަނެއްމަހަށް ނުގެންދެވި ކެންސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ސުވާލުކޮށްފައެވެ. އަދި ބައެއް ކަސްޓަމަރުން ވަނީ ހުރިހާ ޕޯސްޓް ޕެއިޑްގެ ޕެކޭޖުތަކަށް ޑޭޓާ ރޯލްއޯވާގެ ހިދުމަތް ލިބޭނެކަމަށް މީޑީއާގައި އިއުލާންކުރުމަށްފަހު އެގޮތަށް އެ ޚިދުމަތް ނުލިބޭކަމުގެ ޝަކުވާކޮށްފައެވެ. އާންމުންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން ނިޔާޒު ވިދާޅުވީ, ޑޭޓާރޯލްއޯވާގެ ޚިދުމަތް ލިބޭނީ ޕޯސްޓް ޕެއިޑްގެ ޕެކޭޖުތަކުގެ ތެރެއިން 600 ރުފިޔާއިން މަތީގެ ޕެކޭޖުތަކަށް އެކަނި ކަަމަށެވެ.

އުރީދޫން ވަނީ މާދަމާއިން ފެށިގެން އެ ކުންފުނީގެ އިންޓަނެޓްގެ ޕެކޭޖުތަކަށް ބަދަލުގެނެސްފައެވެ. ބައެއް ޕެކޭޖުތަކުގެ ޑޭޓާ އެލަވެންސް އިތުރު ކޮށްފައިވާއިރު, ޓްރޮޓްލް ސްޕީޑްވެސް ވަނީ ބަދަލުކޮށްފައެވެ.

ހިޔާލު


ޒިޔާން15:53 2021/07/02

ނިޔާޒް ވިދާޅުވެފައެވަނީ އިންޓަރނެޓް އޭގަ ޒާތުގަ މަސައްކަތް ކުރާގޮތަށް. ސަރވިސް ޕްރޮވައިޑަރއިން ކިތަންމެ ބޮޑު ސްޕީޑެއް ދީފަ އިނަސް، ސްޕީޑް ވޭރީވާނެ ބޭނުން ކުރެވޭ ހިދުމަތެއްގެ އޮރިޖިން ސާރވާއަށް. މިސާލަކަށް ޔޫޓިއުބް އަދި ފޭސްބުކް ކަމުގަ ވިއަސް. އެހެންވީމަ ނިޔާޒް ވިދާޅުވެފަވާ ވާހަކައިގަ އެއްވެސް މައްސަލަ އެއް ނެޓް. ހަބަރު ލިޔުއްވި ބޭފުޅާ ރަނގަޅަށް އިންޓަރނެޓާ ބެހޭ މައުލޫމާތު ދަސްކޮށްލުން ބުއްދިވެރި. (pretty sure mi comment upload kuran nukereyne kan 😬(

ގުޅުންހުރި