ރާއްޖެސަރުކާރު

އައްބާސް ފާއިޒު މިނިސްޓަރ މާރިޔާއާ ބައްދަލުކޮށްފި

10/07/2021

Admin


ޝެއަރ

ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މަންދޫބު އައްބާސް ފާއިޒު މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ މިއަދު ބައްދަލުކުރައްވައިފިއެވެ.

ޑިފެންސް މިނިސްޓްރީން ކުރި ޓުވީޓެއްގައި އައްބާސް ފާއިޒު މާރިޔާއާ ބައްދަލުކުރެވި ފޮޓޯ އާންމު ކޮށްފައިވާއިރު އިތުރު ތަފުސީލެއް ނުދެއެވެ. މީގެ ކުރިން އައްބާސް ވަނީ މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުالله އާއި 241 ކޮމިޓީގެ މެންބަރުންގެ އިތުރުން އެމްޑީޕީގެ 6 މޭ ކޮމިޓީގެ މެންބަރުންނާވެސް ބައްދަލުކޮށްފައެވެ. އަދި ފުލުހުންނާއި ސިފައިންގެ ވެރިންނާ ބައްދަލުކޮށް ތަހުގީގާބެހޭ މައުލޫމާތު އެއްކޮށްފައިވެއެވެ.

ބޮމުގެ ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށްގެންދާއިރު, ރައީސް ނަޝީދަށް ދެމުންދާ ސަލާމަތާއި ރައްކާތެރިކަން ފޫއަޅުވާލެވުނު ގޮތް ދެނެގަތުމަށް މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ޕާލަމެންޓަރީ އިންކުއައިރީން ވަނީ އިންޓެލިޖެންސާއި ސަލާމަތީ ބާރުތަކުގެ އިހުމާލު ބޮޑުކަން ފާހަގަކޮށްފައެވެ. އެގޮތުން ރައީސް ނަޝީދަށް ބަޔަކު ފާރަލާ, އެމަނިކުފާނު އަވަހާރަކޮށްލަން މަސައްކަތް ކުރަމުންދިޔަކަން ފާހަގަކޮށްފައިވެއެވެ.

241 ކޮމިޓީގެ ރިޕޯޓު އާންމުކުރުމާ ގުޅިގެން ޑިފެންސް މިނިސްޓަރުގެ ޒިންމާތައް އަދާކުރުމަށް އެ ކަމަނާ އިހުމާލުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާވެސް ވަނީ ގަދަވެފައެވެ. ރައީސް ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ވިދާޅުވީ 241 ކޮމިޓީގެ ރިޕޯޓު ފުރިހަމަ ކަމަށާއި ޑިފެންސް މިނިސްޓަރ މާރިޔާ އިސްތިއުފާ ދެއްވަންޖެހޭ ކަމަށެވެެ.

ހިޔާލު


ގުޅުންހުރި