ރާއްޖެސަރުކާރު

އީދު ބަންދަށް ކޮވިޑް-19 ވެކްސިން ޕްރޮގްރާމް މެދުކަނޑާލަނީ

15/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ކޮޥިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުރިޔަށް ގެންދާ "ދިފާއު" ވެކްސިނޭޝަން ޕްރޮގްރާމް މި މަހުގެ 17 އިން ފެށިގެން މެދުކަނޑާލަން ނިންމައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ މުސްތަފާ ވިދާޅުވީ، ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މެދުކަނޑާލުމަށްފަހު، އަލުން ކުރިޔަށް ގެންދަން ފަށާނެ ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށެވެ. އަދި ތާރީޚެއް ކަނޑައެޅުމުން އެކަން އާންމު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އަޟްޙާ ޢީދާ ދިމާކޮށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މެދު ކަނޑާލިއިރު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، ޖުމްލަ 319،712 މީހުން މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ އިރު، ޖުމްލަ 246،841 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އަންގާރަ ދުވަހު ކޮވިޑަށް ފައްސިވެފައި ވަނީ 73 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 14 މީހަކާއި ރާއްޖެތެރޭ ރަށްރަށުން 46 މީހެއްގެ އިތުރުން، ސިނާއީ މަސައްކަތް ކުރާ ރަށްރަށުން އެއް މީހެކެވެ.

ހިޔާލު


ގުޅުންހުރި