ރާއްޖެސަރުކާރު

އިތުރު ދެ ސްޓޭޓް މިނިސްޓަރުން އައްޔަނުކޮށްފި

16/07/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓްގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަޤާމަށް ހުސެއިން އިސްމާޢީލް އަދި މިނިސްޓްރީ އޮފް ޖެންޑާ، ފެމިލިީ އެންޑް ސޯޝަލް ސާރވިސަސްގެ ސްޓޭޓް މިނިސްޓަރު ކަމަށް މުޙައްމަދު ޝިހާބު (ދަމާސް ޝިހާބު) އައްޔަން ކުރައްވައިފިއެވެ.

ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ރައީސްކަމުގައި ހުންނެވި ހުސެއިން އިސްމާޢީލަކީ ރައީސް ނަޝީދުގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ނާއިބުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ ހީޓް ހެލްތް އެންޑް ފިޓްނަސްގެ ޗެއާމަންވެސް މެއެވެ. ހުސެއިން އިސްމާޢީލް އަކީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ އެއްބަނޑު އެއްބަފާ ބޭބޭއެވެ. އޭނާގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް އެ މިނިސްޓްރީގައި ދެން ހުންނަވާނީ ފުޓްބޯޅަ ކުޅުންތެރިޔާ އަސްހަދު އަލީއެވެ.

ޖެންޑާގެ ސްޓޭޓް މިނިސްޓަރުކަން ލިބިވަޑައިގެންނެވި މުޙައްމަދު ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން ބޯޑުގެ މެންބަރެއްގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޗައިލްޑް ރައިޓްސްގެ އެމްބެސެޑަރެއްވެސް މެއެވެ. އޭނާ ވަނީ އެޑިއުކޭޝަން ގެ ޑެޕިއުޓީ މިނިސްޓަރުގެ މަޤާމާއި މަޖީދިއްޔާ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަޤާމު އަދާކޮށްފައެވެ. މީގެ އިތުރުން އޭނާވަނީ ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯގެ މަޤާމުވެސް ފުރުއްވާފައެވެ. އެ މިނިސްޓްރީގައި ދަމާސް ޝިހާބުގެ އިތުރުން އަދި ތިން ސްޓޭޓް މިނިސްޓަރަރަކު ތިއްބަވާނެއެވެ. އެއީ އިފްހާމް ހުސެއިނާއި ފަޒްނާ ޝާކިރުގެ އިތުރުން ޒިފްލީނާ ހުސެއިނެވެ.

ހިޔާލު


ގުޅުންހުރި