ވިޔަފާރި

ބީއެމްއެލް މޯބައިލް އެޕްލިކޭޝަންގެ ހިދުމަތް ހުއްޓުމަކަށް

21/07/2021

Admin


ޝެއަރ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޯބައިލް އެޕްލިކޭޝަންގެ ހިދުމަތް މެދުކެނޑިއްޖެއެވެ.

ބީއެމްއެލް މޯބައިލް އެޕްލިކޭޝަނުން އާންމުކޮށް ލިބޭ ހިދުމަތަކީ އެއް އެކައުންޓުން އެނެއް އެކައުންޓަށް ފައިސާ ފޮނުވުމުގެ ހިދުމަތެވެ. މިއަދު ހެނދުނުން ފެށިގެން ފައިސާ ޖަމާކުރުމުގެ ހިދުމަތައްވަނީ ބުރުއަރާފައެވެ. އެގޮތުން ފައިސާ ޖަމާކުރަން ބޭނުންވާ ސެކިއުރިޓީ ކޯޑު ނުލިބެއެވެ. ސެކިއުރިޓީ ކޯޑާ ނުލާ ފައިސާ ޖަމައެއް ނުކުރެވޭނެއެވެ. އަދި އާންމުކޮށް އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުން ސެކިއުރިޓީ ކޯޑު ފޮނުވަނީ އެމީހެއްގެ ފޯނަށެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްއިން މިއަދު ހަވީރު ކުރި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލަތަކެއް ދިމާވެ ބީއެމްއެލްގެ މޯބައިލް އެޕްލިކޭޝަން އިން ސެކިއުރިޓީ ކޯޑު ފޯނަށް ނުލިބޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސެކިއުރިޓީ ކޯޑު އީމެއިލްއަށް ލިބޭނެކަމަށް ބޭންކުން ބުންޏެވެ.

ސެކިއުރިޓީ ކޯޑު އީމެއިލްއަށް ލިބޭނެކަމަށް ބޭންކުން ބުނި ނަމަވެސް އީމެއިލްއަށްވެސް ކޯޑު ނުލިބި, އެޕްލިކޭޝަންގެ ހިދުމަތް ނުލިބޭތީ އާންމުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ހިދުމަތަށް ބުރު އެރުމުގެ އިތުރުން, ފޯނު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް ހިދުމަތް ނުލިބޭކަން އާންމުން ފާހަގަކުރެއެވެ.

ހިޔާލު


ގުޅުންހުރި