ރާއްޖެސަރުކާރު

ގިނަ ބަޔަކު އެއްވެ, ހަފްލާތައް ބޭއްވުމުގެ ހުއްދަ ދީފި

05/08/2021

ޒައިން ރަޝީދު


ޝެއަރ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން މިހާރު ތަންފީޒުކުރަމުންދާ ބައެއް ފިޔަވަޅުތަކަށް ލުއިދީފިއެވެ.

މާދަމާ އިން ފެށިގެން ގިނަ ބަޔަކު އެއްވެ ހަފްލާތަކާއި ޖަލްސާތައް ބޭއްވުމުގެ ހުއްދަވަނީ ދީފައެވެ. އަދި ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ދޭ ގަޑިތައް ކުރިއެކޭ އެއްގޮތަށް ބަދަލުކުރުމަށްވަނީ ނިންމާފައެވެ. މީގެ އިތުރުން މުވައްޒަފުން އޮފީސްތަކަށް ހާޒިރުވެގެން މަސައްކަތް ކުރުމުގެ ހުއްދަަވަނީ ދިފައެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަަޒްލާ ރަފީޤް ވިދާޅުވީ ފިޔަވަޅުތަކަށް ލުއިދިނަސް ހިދުމަތް ދިނުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހިދުމަތް ދިނުން މުހިއްމު ކަމަށެވެ. އަދި ވެކްސިން ޖެހުމުގެ މުހިއްމުކަން ފާހަގަކޮށް ވެކްސިން ޖެހުމަށް އިލްތިމާސްކުރެއްވިއެވެ.

"ފުރަތަމަ ޑޯޒް ޖަހަން ނިންމާފައިވަނީ 1 ސެޕްޓެންބަރު ގެ ނިޔަލަށް. ސެޕްޓެމްބަރާ ހަމައަށް ފުރަތަމަ ޑޯޒު ޖަހަން ބޭނުންވާ ރިސޯސަސް އެބަހުރި. އަދި ދެވަނަ ޑޯޒުޖަހަން ބޭނުންވާ ވަގުުތުވެސް ދޭންޖެހޭ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ސްކޫލްތައް ހުޅުވޭއިރު, ސްކޫލްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އަހުލުވެރިވެ, ދަރިވަރުންގެ ފަރާތުން އެއްވެސް ކަހަލަ އަލާމާތެއް ފެންނަނަމަ ސްކޫލަށް ނުފޮނުވުމަށް އެދިވަޑައިގެންނެވިއެވެ.

ހިޔާލު


ގުޅުންހުރި