ރާއްޖެސަރުކާރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ރިޝްފާ އައްޔަނުކޮށްފި

10/08/2021

ޒައިން ރަޝީދު


ޝެއަރ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް އަލްއުސްތާޛާ މަރްޔަމް ރިޝްފާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ މަޤާމަށް ޢައްޔަން ކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އަލްއުސްތާޛާ މަރްޔަމް ރިޝްފާއަށް ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ހުވާ ލައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ކުރިމަތިފުޅުގައި ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބް ޙުސައިން ޒަކަރިއްޔާއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އެބޭފުޅާއާ ހަވާލުކުރައްވާފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް މިއަދު ޢައްޔަނު ކުރެއްވި އަލްއުސްތާޛާ މަރްޔަމް ރިޝްފާ މީގެކުރިން ވެސް ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރަށް އަދާކުރައްވާފައެވެ. އަދި، ޕާރޓް-ޓައިމް ލެކްޗަރަރއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގައި ޙަރަކާތްތެރިވެ ވަޑައިގެންފައިވެއެވެ.

އަލްއުސްތާޛާ މަރްޔަމް ރިޝްފާ ވަނީ ވިލާ ކޮލެޖްއިން މާސްޓަރ އޮފް ޝަރީޢާ ހާސިލްކުރައްވާފައެވެ. އޭގެ އިތުރުން އޭނާ ވަނީ ވިލާ ކޮލެޖްއިން ބެޗްލަރ އޮފް ޝަރީއަރ އެންޑް ލޯ ވެސް ހާސިލްކުރައްވާފައެވެ.

ހިޔާލު


ގުޅުންހުރި