ވިޔަފާރި
ޖުލައި މަހު އާމްދަނީގެ ގޮތުގައި ދައުލަތަށް 624.07 މިލިއަން ރުފިޔާ
11/08/2021
ޢަލީ ޝާމިލް ޙަސަން
ޝެއަރ
މިދިޔަ ޖުލައި މަހު އެކަނި ވެސް އާމްދަނީގެ ގޮތުގައި ދަައުލަތަށް 624.07 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރޮޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ ޖުލައި މަހުގައި އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް މީރާއިން ލަފާކުރި ވަރަށްވުރެ 13 އިންސައްތަ އިތުރު އަދަދެކެވެ. އަންދާޒާކުރި ވަރަށްވުރެ ޖުލައި މަހުގެ އާމްދަނީ 13 އިންސައްތަ އިތުރުވެފައިވަނީ، ޓޫރިޒަމް ދާއިރާއިން ދޭ ޚިދުމަތްތަކުންނާއި މުދަލުން ނަގާ ޓެކްސް އަންދާޒާ ކުރި ވަރަށްވުރެ އިތުރަށް ލިބިފައިވާތީ ކަމަށް މީރާއިން ބުނެއެވެ.
އެހެން ނަމަވެސް 2020ގެ ޖުލައި މަހުގައި ދައުލަތަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު، މި އަހަރުގެ ޖުލައި މަހު ލިބުނު އާމްދަނީ 6.2 އިންސައްތަ ވަނީ ދަށްވެފައެވެ. ޖުލައި މަހުގެ އާމްދަނީ މި އަހަރު ދަށްވެފައި ވަނީ، ޖުލައި މަހުގައި ލިބުނު ޢީދު ބަންދާއި މިނިވަން ދުވަހާ ދިމާކޮށް ލިބުނު ޗުއްޓީގެ ސަބަބުން، ޓެކްސް ދެއްކުމުގެ މުއްދަތު އިތުރުކޮށްފައިވާތީ ކަމަށް މީރާއިން ބުނެއެވެ.
މިދިޔަ ޖުލައި މަހު މީރާއިން 624.07 މިލިއަން ރުފިޔާ ބަަލައިގަނެފައިވާ އިރު، އޭގެ ތެރޭގައި 21.01 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.
ނިމިދިޔަ ޖުލައި މަހުގެ މީރާއަށް ލިބުނު އާމްދަނީގެ ތަފްސީލު:
ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ އާމްދަނީގެ %46.7
ރިޒޯޓްތަކުންނާއި ބިމުގެ ކުލިން ލިބިފައިވަނީ އާމްދަނީގެ %17.9
އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވަނީ އާމްދަނީގެ %17.6
ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ އާމްދަނީގެ %4.5
ވާރކް ޕާމިޓްގެ ގޮތުގައި ލިބިފައިވަނީ އާމްދަނީގެ %4.2
ހިޔާލު
ގުޅުންހުރި