ރާއްޖެސަރުކާރު

ކޮވިޑް ވެކްސިން ޑިޖިޓަލް ޕާސްޕޯޓް ތައާރަފުކޮށްފި

12/08/2021

ޒައިން ރަޝީދު


ޝެއަރ

ކޮވިޑްސޭފް ގެ ނަމުގައި ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތައާރަފުކޮށްފިއެވެ.

ކޮވިޑްސޭފް ޕާސްޕޯޓަކީ ޖަހާފައިވާ ވެކްސިންގެ މައުލޫމާތާއި މީހާގެ ސިއްހީ ހާލަތާއި އަދި ދަތުރުކުރުމުގައި ލިބޭ ލުއިތަކުގެ މައުލޫމާތު ފެންނާނެހެން ތައްޔާރުކޮށްފައިވާ އޮންލައިން ޕްލެޓްފޯމެކެވެ. ކޮވިޑްސޭފް ޕޯޓަލްއިން އެންމެ ފަހުން ނަގާފައިވާ ސާމްޕަލްގެ ނަތީޖާވެސް ފެންނާނެވެ. މިއީ ރާއްޖޭގައި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ރަސްމީ ކޮވިޑް ވެކްސިން ޕާސްޕޯޓެވެ.

ކޮވިޑް ޕާސްޕޯޓުގައި ހިމެނޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް، ދަތުރުކުރުމާއި އިދާރާތަކުން ހިދުމަތް ހޯދުމުގައި ލުއިފަސޭހަ ވެގެންދާނެއެވެ. ކޮވިޑްސޭފް އަކީ ރަސްމީ ލިޔުމެއްގެ ގޮތުގައި ބަލައިގަނެ، އިތުރު ލިޔުމަކާ ނުލާ ރާއްޖޭގެ ކޮންމެ ސަރަހައްދަކަށްވެސް ދަތުރުކުރެވޭނެއެެވެ. މި ޕާސްކޯޓު އޮންނަ ފަރާތްތަކަށް ކޮވިޑާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައިވާ ތަންތަނަށްވެސް ދަތުރުކުރުވޭނެއެވެ.

ކޮވިޑް ޑިޖިޓަލް ވެކްސިން ޕާސްޕޯޓެއް ތައާރަފުކޮށްފައިވާއިރު، އަންނަ މަހުން ފެށިގެން ވެކްސިން ނުޖަހާ ފަރާތްތަކަށް ބައެއް ޚިދުމަތްތައް ހޯދުމުގައި އުނދަގޫވާނެއެވެ. އަދި ވެކްސިން ފުރިހަމަނުކުރާ ފަރާތްތައް ސުކޫލުތަކަށް ވަނުން މަނާވާނެއެވެ.

ހިޔާލު


ގުޅުންހުރި