ރާއްޖެސަރުކާރު

ތިންވަނަ ފަހަރަށް އާރްޑީސީ އޮފީސް ފަޅާލައިފި

16/08/2021

ޒައިން ރަޝީދު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރޑީސީ) އޮފީހުން ވައްކަން ކުރަނީ


ޝެއަރ

ތިންވަނަ ފަހަރަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރޑީސީ) އޮފީސް ފަޅާލާ ވައްކަން ކޮށްފިއެވެ.

އާރޑީސީ އޮފީސް ފަޅާލިތާ މާގިނަދުވަސް ނުވަނީސް ރޭ ދަންވަރު އޮފީހުގެ ފުރާޅުން ޓިނުނަގައިގެން ވަދެ ވަނީ ވައްކަން ކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރަން ވަނީ ފުރާޅުން ޓިނު ނަގާ ސީލިންގުން ބައެއް ވައްޓާލައިގެންނެވެ. އަދި ބައެއް ތަކެތި ނަގައިގެން ފުރާޅުން ފައިބައިގެންދާ މަންޒަރު ފެނެއެވެ.

މިދިޔަ އޭޕްރީލް މަހު ބަޔަކު ވަނީ އެ އޮފީސް ފަޅާލާ 100،000 ރުފިޔާ ވަގަށް ނަގާފައެވެ. އަދި އޭގެ ހަފުތާއެއްފަހުން ދެވަނަ ފަހަރަށް އޮފީސް ފަޅާލާ 3،000 ރުފިޔާ ވަގައްނެގިއެވެ. މި ފަހަރު ވަގަށް ގެންދިޔައީ ކޯޗެއްކަމެއް އަދި ސާފެއް ނުވެއެވެ.

މިކަމާ ގުޅޭގޮތުން އަދި މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ހިޔާލު


ގުޅުންހުރި