ރާއްޖެސަރުކާރު

ފަތުރުވެރިއެއްގެ ލަގެޖުން ވައްކަން ކުރި ހަތަރު މީހުން ހައްޔަރުކޮށްފި

16/08/2021

ޒައިން ރަޝީދު

އައިލޭންޑް އޭވިއޭޝަންގެ މޭނޭޖަރު ޝުއައިބު ސިއްދީގު


ޝެއަރ

ގއ. ކޫއްޑޫ އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ލަގެޖުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމުގެ ތުހުމަތުގައި ހަތަރު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

އިއްޔެ ފުލުހުންނަށް ހުށަހެޅި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ މީހަކާއި 32 އަހަރުގެ މީހެއްގެ އިތުރުން 36 އަހަރުގެ މީހަކާ އަދި 37 އަހަރުގެ މީހެކެވެ.

މި ހަތަރު މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ. މީގެ ތެރޭގައި އައިލޭންޑް އޭވިއޭޝަންގެ މޭނޭޖަރު ޝުއައިބު ސިއްދީގު ވެސް ހިމެނެއެވެ.

ފުލުހުން ހޯދި ފައިސާތައް - ފޮޓޯ: ޕޮލިސް


މި މައްސަލައާ ގުޅިގެން، އެ ފައިސާތައް ހޯދުމަށް ފުލުުހުންކުރި މަސައްކަތުން 10000 ޔޫރޯ މިހާތަނަށް ހޯދާ އެ ފައިސާތައް އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ.

ހިޔާލު


11:13 2021/08/17

Subuhaanallaahi..dhivehinge fenvaru.?..

Dhen dho12:58 2021/08/16

Dhen keehve baa 4 meehunge foto nujehee

ގުޅުންހުރި