ރާއްޖެސަރުކާރު

16/08/2021

ޢަލީ ޝާމިލް ޙަސަން


ޝެއަރ

ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ އޮފީސް ރޭގައި ފަޅާލި މީހާ ހައްޔަރުކޮށްފިއެވެ.

އާރުޑީސީގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު ވިދާޅުވީ މި މައްސަލައިގަައި މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. މި މައްސަލައިގައި ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މިއީ އާރުޑީސީގެ އޮފީސް ފަޅާލި ތިންވަނަ ފަހަރެވެ. އެ އޮފީސް ފަޅާލިތާ މާކަ ގިނަ ދުވަހެއް ނުވަނީސް، ރޭ ދަންވަރު އެ އޮފީހުގެ ފުރާޅުން ޓިނު ނަގައިގެން ވަދެ، އަނެއްކާ ވެސް ވަނީ ވައްކަން ކޮށްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަން ކުރަން ވަނީ ފުރާޅުން ޓިނު ނަގާ ސީލިންގުން ބައެއް ވައްޓާލައިގެންނެވެ. އަދި ބައެއް ތަކެތި ނަގައިގެން ފުރާޅުން ފައިބައިގެންދާ މަންޒަރު ވެސް ފެނެއެވެ.

މިދިޔަ އޭޕްރީލް މަހު ބަޔަކު ވަނީ އެ އޮފީސް ފަޅާލައި 100،000 ރުފިޔާ ވަގަށް ނަގާފައެވެ. އަދި އޭގެ ހަފުތާއެއް ފަހުން ދެވަނަ ފަހަރަށް އޮފީސް ފަޅާލައި 3،000 ރުފިޔާ ވަގަށް ނެގިއެވެ. މި ފަހަރު ވަގަށް ގެންދިޔައީ ކޯއްޗެއްކަމެއް އަދި ސާފެއް ނުވެއެވެ.

ހިޔާލު


ގުޅުންހުރި