ރާއްޖެސަރުކާރު

ފުވައްމުލައް އަނެއްކާ ވެސް ފުރަބަންދު ކުރަނީ

22/08/2021

ޒައިން ރަޝީދު


ޝެއަރ

ފުވައްމުލައް ސިޓީ އަނެއްކާ ވެސް ފުރަބަންދުކުރަން އެ ރަށު ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ފުރަބަންދު ކުރަން ނިންމީ އެރަށުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ފުރަބަންދުކުރާނެ ތާރީހެއް އަދި އިއުލާން ކޮށްފައެއް ނުވެއެެވެ.

ފުވައްމުލައް އެންމެ ފަހުން ފުރަބަންދުކުރީ މިދިޔަ މޭ 6 ވަނަ ދުވަހުން ފެށިގެން މި މަހުގެ 5 ވަނަ ދުވަހާ ހަމަޔަށެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު އެރަށުގައި ކޮވިޑް-19 ޖެހިފައިތިބި 163 މީހުން އެބަތިއްބެއެވެ. އޭގެ ތެރޭގައި 2 މީހުން ފިޔަވާ ހުސް ތިބީ ދިވެހިންނެވެ.

ކޮވިޑް-19 ގައި މިހާތަނަށް ފުވައްމުލަކުން އެކަކު ވަނީ މަރުވެފައެވެ.

ހިޔާލު


ގުޅުންހުރި