ރާއްޖެސަރުކާރު

އައްޑޫގައި ކަރަންޓީނުގައި ހުއްޓާ ނިޔާވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް

23/08/2021

ޒައިން ރަޝީދު


ޝެއަރ

އައްޑޫ ސިޓީގައި ކަރަންޓީނުގައި ހުއްޓާ ނިޔާވި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އައްޑޫން މިއަދު ނިޔާވީ 92 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާގެ ހާލު ދެރަވެގެން ކޮވިޑް ފެސިލިޓީއަށް ގެންދިޔައީ މިއަދު ހެނދުނު ގައެވެ.

މިއަދު އައްޑޫން ނިޔާވި މީހާއެކު ކޮވިޑް-19 ގައި ރާއްޖެއިން ނިޔާވި މީހުންގެ އަދަދު ވަނީ 224 އަށް އަރާފައެެވެ.

އައްޑޫން އިތުރު މީހަކު ނިޔާވިއިރު ކޮވިޑް ކޭސްތައް އައްޑޫގައި ދަނީ އަނެއްކާވެސް އިތުރުވަމުންނެވެ. އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އައްޑޫގައި މިވަގުތު ޕޮޒިޓިވް 146 މީހުން އެބަތިއްބެވެ. އިއްޔެ އަކަނިވެސް 10 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ހިޔާލު


ގުޅުންހުރި