ރާއްޖެސަރުކާރު

ކޮވިޑް-19: ރާއްޖެއިން މިއަދު 108 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

26/08/2021

ޒައިން ރަޝީދު


ޝެއަރ

ރާއްޖެއިން މިއަދު 108 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 80،436 އަށް އަރާފައެވެ. އިއްޔެ އިރުއޮއްސި 6:00 އިން މިއަދު އިރުއޮއްސި 6:00 އަށް ބަލިޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،684 ގައެވެ.

މިއަދު ބައްޔަށް ޕޮޒިޓިވްވި 108 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 35 މީހަކާއި އެހެނިހެން ސަރަހައްދު ތަކުން ޕޮޒިޓިވްވި 74 މީހުންނެވެ. މީގެ ތެރޭގައި ރިސޯޓުތަކުން ޕޮޒިޓިވްވި 14 މީހުންނާއި ރަށްތަކުން ޕޮޒިޓިވްވި 59 މީހުން ހިމެނެއެވެ. މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދަނީ 10 މީހުންނަށެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖޭގައި 225 މީހުން ވަނީ ނިޔާވެފައެވެ.

ހިޔާލު


ގުޅުންހުރި