ރާއްޖެ

ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު ނިޔާވެއްޖެ

27/08/2021

ޒައިން ރަޝީދު


ޝެއަރ

ލަންކާގައި ކޮވިޑް-19 ޖެހިގެން ދިވެއްސަކު މިއަދު ނިޔާވެއްޖެއެވެ.

ލަންކާގައި ނިޔާވީ އުމުރުން ދުވަސްވީ ފިރިހެނެކެވެ. އޭނާ ނިޔާވުމާ ގުޅިގެން އާއިލާއަށް ދޭންޖެހޭ ކޮންސިއުލާ ހިދުމަތް ދެމުންގެންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ސްރީ ލަންކާގައި ކޮވިޑް-19 ގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޮސްވެ, ޕޮޒިޓްވާ އަދަދު އިންތިހާއަށް މަތިވެފައެވެ. އަދި ހޮސްޕިޓަލްތަކާއި ކްލިނިކްތައް ފުރި ހިދުމަތް ދިނުމަށްވަނީ ބުރުއަރާފައެވެ. ދުވާލެއްގެ މައްޗަށް ކޮންމެ ދުވަހަކުވެސް 4،000 އާއި 5،000 ދެމެދުގެ އަދަދަކަށް މީހުން އެގައުމުން ބައްޔަށް ޕޮޒިޓިވް ވަމުންދާއިރު, މަރުވާ މީހުންގެ އަދަދުވެސް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

ހާލަތު ގޯސްވުމާ ގުޅިގެން ސިއްޙީ އޮފިޝަލުންގެ ލަފާގެ މަތިން ލަންކާ ވަނީ ފުރަބަންދުކޮށްފައެވެ. މިދިޔަ ހަފުތާގައި އިއުލާންކުރި ފުރަ ބަންދުގެ މުއްދަތު އަންނަ ސެޕްޓެމްބަރުގެ ނިޔަލަށްވަނީ އިތުރު ކޮށްފައެވެ.

ހިޔާލު


ގުޅުންހުރި