ރާއްޖެސަރުކާރު

ނައިބު ރައީސް ފިޔަވައްޗަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކުރައްވައިފި

18/09/2021

ޒައިން ރަޝީދު

ނައިބު ރައީސް ދިޔަވަތީގެ މުވައްޒަފުންނާ ބައްދަލުކުރައްވަނީ - ފޮޓޯ: ރައީސް އޮފީސް


ޝެއަރ

ނައިބު ރައީސް ފައިޞަލް ނަސީމް ހުޅުމާލޭގައި ހުންނަ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިން ބަލަހައްޓަމުންދާ މަރުކަޒު، ފިޔަވަތީގައި ފާއިތުވި ތިން ދުވަސްމަތިން ހިނގާފައިވާ ހާދިސާއާއި ގުޅިގެން އެތަނަށް ޒިޔާރަތްކުރައްވައި، އެތަނުގައި ތިބޭ ކުދިންނާ މުވައްޒަފުންނާ މިއަދު ބައްދަލުކުރައްވައި އެކުދިންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

ނައިބު ރައީސްގެ އަރިހުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއާއި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އާއި މިނިސްޓަރ އޮފް ހޯމް އެފެއަރސް އައްޝައިޚް ޢިމްރާން ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ.

ނައިބު ރައީސްއާ ވަޒީރުން އެތަނަށް މިއަދު ޒިޔާރަތް ކުރެއްވިއިރު, ފާއިތުވި 1 ހަފުތާއިން ފެށިގެން އެތަނުގައި ތިބި ކުދިން އެތަނުން ނިކުންނަށް މަސައްކަތްކޮށް, ކުދިން ނުބެލެހެއްޓި އިމާރާތުގައި އިއްޔެވަނީ ރޯލޮށްލާފައެވެ. އަދި ކުދިން ފުރާޅާއި ފާރު މައްޗަށް އަރާ ހަޅޭއްލަވާ އިމާރާތުގެ ކުޑަދޮރުގެ ބިއްލޫރިވަނީ ތަޅާލާފައެވެ.

މިކަމާ ގުޅިގެން އާދައިގެ މަތިން ޖެންޑަރ މިނިސްޓްރީ ވިދާޅުވީ ކުދިންގެ ހިތްހަމަނުޖެހުމެއްނެތް ކަމަށާއި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަންކަން ވަރަށް ރަނގަޅަށް ތެރުތީބުކޮށްފައިވާ ކަމަށެވެ. އަދި ފުރާޅު މައްޗަށް އަރާ ހަޅޭއްލަވާ ހެދީ ހައެއްކަ ކުދިން 'ޓްރިގަރ' ވެގެން ކަމަށް މިނިސްޓްރީ ރޭ ދަންވަރު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އިއްޔެގެ ހާދިސާއާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނުންނާއި ރައްޔިތުންގެ މަޖިލީހުން ފިޔަވަތީގެ ހާލަތު ދެނެގަތުމަށް މަސައްކަތް ފަށާފައިވާއިރު, މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ޝިހާބް މީީޑިއާއަށް ވިދާޅުވީ ކުދިންގެ އަހުލާގަށާއި އުޅުމަށް ބަދަލު އަންނަން ފެށީ އެކުދިން ސްކޫލަށް ފޮނުވަން ފެށި ހިސާބުންނެވެ. ރުންކުރު ގޮތަކަށް ޖަވާބު ދެއްވަމުން ޝިހާބު ވަނީ މައްސަލައިގެ އަސްލު މީޑިއާއިން އޮޅުވާލާކަމަށް ތުހުމަތުކޮށް އެކަން ނުކުރުމަށް އެދިފައެވެ. އަދި ކުދިންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން މިނިސްޓްރީން ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ހިޔާލު


ގުޅުންހުރި