ވިޔަފާރި

ޓީ-ޖެޓީގެ އުމްރާ ދަތުރު މިފަހަރު ސާލިމާއަށް

22/09/2021

ޒައިން ރަޝީދު


ޝެއަރ

ފުޑް ކޯޓުގައި ހިންގާ "ޓީ ޖެޓީ" ރެސްޓޯރަންޓުން މިދިޔަ ރޯދަ މަހު ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރިއަކަށް ހުށަހަޅާފައިވާ އުމްރާ ދަތުރު ބ. ކުޑަރިކިލު ހުދުފަޅު ސާލިމާ ސަލީމަށް ލިބިއްޖެއެވެ.

ޓީ-ޖެޓީ ރެސްޓޯރަންޓުގެ އުމުރާ ދަތުރު ސާލިމާއަށް ލިބުނީ، ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ އެންމެންގެ ތެރެއިން ގުރުވަތުން ސާލިމާ ހޮވިގެންނެވެ. ރެސްޓޯރަންޓުގައި ބޭއްވި ގުރު ނެގުމަށްފަހު، ސިލިމާއާ މިހާރު އިނާމް ވަނީ ހަވާލުކޮށްފައެވެ.

"އާ ފެށުމަކުން" ނަމުގައި ޓީ- ޖެޓީން ރަމަޟާން މަހަށް ހާއްސަކޮށްގެން ހިންގި މި ޕްރޮމޯޝަން ފާއިތުވި ދެ އަހަރު ކުރިއަށް ގެންގޮސްފައިވެއެވެ. ޕްރޮމޯޝަންގައި ބައިވެރިވީ، މިދިޔަ ރޯދަ މަހު އެ ރެސްޓޯރަންޓުގައި ރޯދަ ވީއްލި މީހުންގެ އިތުރުން އެ ރެސްޓޯރެންޓުން 100ރ. އިން މަތިން ބިލު ދެއްކި މީހުންނެވެ.

2018 ވަނަ އަހަރުން ފެށިގެން ފުޑްކޯޓްގެ 19 ވަނަ ޔުނިޓުގައި ހިންގާ ޓީޖެޓީ ރެސްޓޯރަންޓަކީ އާންމުންގެ މެދުގައި މަގުބޫލު ތަނެކެވެ.

ހިޔާލު


ގުޅުންހުރި