ކުޅިވަރުރާއްޖޭގެ ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް 8 ވަނަ ފަހަރަށް އިންޑިއާ ކާމިޔާބުކޮށްފި

16/10/2021

ޒައިން ރަޝީދު


ޝެއަރ

ސަރައްދީ ފުޓްބޯޅަ މުބާރާތް ސާފް ޗެންޕިއަންޝިޕް 8 ވަނަ ފަހަރަށް އިންޑިއާ ކާމިޔާބުކޮށްފިއެވެ.

އިންޑިއާއިން ޗެމްޕިއަންކަން ހޯދީ މިރޭ ކުޅުނު ފައިނަލް މެޗުގައި ނޭޕާލާ ބައްދަލުކޮށް 3 - 0 އިންނެވެ. އިންޑިއާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދިނީ 49 ވަނަ މިނެޓުގައި ސުނިލް ޗެތްރީއެވެ. އަދި ދެވަނަ ގޯލު ޖެހީ 51 ވަނަ މިނެޓުގައި ސުރޭޝް ސިންގް އެވެ. އަދި ތިންވަނަ ގޯލު ކާމިޔާބު ކުރީ އިތުރު ވަގުތުގައި ކުޅެން އެރި ޝަހާލް އަބްދުލް ސަމަދުއެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކަށް ނޭޕާލް ޓީމް ހޮވުނުއިރު ރާއްޖެއަށް ލިބުނީ ފެއަރ ޕްލޭ ޓީމްއެވެ. މިއީ މި މުބާރާތުގެ ފައިނަލްގައި ނޭޕާލުން ކުޅުނު ފުރަތަމަ ފަހަރެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމާއި އެންމެ ރަނގަޅު ކުޅުމެއްދެއްކި ކުޅުންތެރިޔަކަށް ހޮވުނީ އިންޑިއާގެ ސުނިލް ޗެތްރީއެވެ.

ޗެމްޕިއަން ޓީމަށް މެޑަލްއާއި ތަށި ހަވާލުކޮށް ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހެވެ.

ހިޔާލު


ގުޅުންހުރި