ރާއްޖެސަރުކާރު

ނަސްރުގެ ދުވަސް ފާހަގަ ނުކުރުމުން ޕީއެސްއެމްގެ ބޯޑު މެންބަރުގެ ނުރުހުން އަލީ ޚާލިދަށް

04/11/2021

ޒައިން ރަޝީދު

ޕީއެސްއެމްގެ ބޯޑު މެންބަރު އަލީ މިދުހަތު އަދި އެމްޑީ ޢަލީ ޚާލިދު


ޝެއަރ

ޕީއެސްއެމް އިން ނަސްރުގެ ދުވަސް ފާހަގަ ނުކުރަން ނިންމާ އެކަން އެންގިކަމަށް ބުނެ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރާއްޖޭގެ ނަސްރުގެ ދުވަހާ ގުޅިގެން މީގެ ކުރިން ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތަކުން ވަނީ އެދުވަހާ ގުޅޭ ވާހަކަތަކާއި ހަރަކާތްތައް ގެނެސްދީ ނޮވެމްބަރު 3 ވަނަ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. ނަމަވެސް އިއްޔެ ޕީއެސްއެމް ޗެނަލްތަކުން ޝަހީދުންގެ ދުވަހާ ގުޅޭ ޚައްސަ ޕްރޮގްރާމެއްވެސް އަދި ދުވަސް ފާހަގަކުރުމަށް މާބޮޑު ކަމެއް ނުކުރެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވުން ޕީއެސްއެމްގެ ދަށުން ހިންގާ ޓީވީއެމްއިން މެންދުރުފަހުން ޕްރޮގްރާމެއް ދެއްކިއެވެ. ނަމަވެސް ބޮޑަށް ގެނެސްދިނީ ޝަހީދުންގެ ދުވަހާ ގުޅޭގޮތުން ކުރިންތައްޔަރުކޮށްފައިވާ ކުރީގެ ލަވަތަކެެވެ.

ޕީއެސްއެމްގެ އިސް ބޭފުޅަކު ވިދާޅުވީ ނަސްރުގެ ދުވަހަކީ ބީ ކެޓަގަރީގެ ދުވަހެއް ކަމަށާއި އެ ދުވަސް ފާހަގަކުރަން މާ ބޮޑު ކަމެއް ނުކުރުމަށް މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދު ސެކްޝަންތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ޢަލީ ޚާލިދު އިއްޔެ މީޑީއަށް ވިދާޅުވީ ނަސްރުގެ ދުވަސް ހިމެނެނީ ބީ ކެޓަގަރީގައި ކަމަށެވެ. އަދި ބީ ކެޓަގަރީގައި ހިމެނޭ އެހެން ދުވަސްތައް ފާހަގަކުރާ ގޮތަށް ނަސްރުގެ ދުވަސްވެސް ޕީއެސްއެމް އިން ފާހަގަކުރާނެ ކަމަށެވެ.

އަލީ ޚަލިދު މިގޮތަށް ވިދާޅުވުމުން ޕީއެސްއެމްއަށް ފާޑުކީ ފާރަތްތައް ވީ އިތުރެވެ. ފާޑުކީ ފަރާތް ތަކުގެ ތެރޭގައި ޕީއެސްއެމްގެ ބޯޑު މެންބަރު އަލީ މިދުހަތުވެސް ހިމެނެއެވެ. އޭނާ ވަނީ "19 ދިވެހިން ޝަހީދުކޮށްލި ބިރުވެރި ހާދިސާގެ ވާހަކަތައް" އެއީ ބީ ކެޓަގަރީއީ ވިދާޅުވިއިރު ލަދު ހަޔާތް ކޮބާހޭ ބުނެ އަލީ ޚާލިދާ ސުވާލުކޮށްފައެވެ.


ޕީއެސްއެމް ރަނގަޅަށް މެނޭޖްނުކުރެވޭ ކަމަށް ބުނެ, ކުންފުންޏާ ގުޅޭގޮތުން ގިނަ ޝަކުވާތައް ކުރަމުންދާއިރު, މެނޭޖްމަންޓް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަސައްކަތް ކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މުވައްޒަފުންނާއި އެކި ފަރާތްތަކުން ގިނަ ޝަކުވާތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހުށަހަޅާފައިވެއެވެ.

ޕީއެސްއެމްގެ ބޯޑުގައި މިހާރު ހިމެނެނީ އެކި ޕާޓީތަކުގެ ސްލޮޓުގައި އައްޔަންކޮށްފައިވާ ބޭފުޅުންނެވެ.

ހިޔާލު


އިބްރާހީމް ހިލްމީ17:27 2021/11/07

އަހަރެން ބުނެގެން މިދުހަތު ތިހެން އޭނަގެ ފޭސްބުކްގަޖެހީ މިދޭ އިޒް ދަމޭން

އަފްރާ10:08 2021/11/05

ކަލޯ، އަލީ މިދުހަތު އެއީ ސަން ޓީވީގެ ޕްރޮގްރާމްތައް އުފެއްދި އެއް ގޮލާ މަ އޭނަ ވަރަށް ރަނގަޅަށް ދަންނަން.. ވަރަށް ގޮތުގަ ހުންނަ ގޮލައެއް އެއީ.. މިހާރު އޭނާގެ ކަމަކީ ރައީސް އިބޫ ސޯލިހުގެ ސަރުކާރު ދެމެހެއްޓުން. އެހެންނޫނަސް ތިޔަ ބޯޑުގަ މީޑިއާ އަކީ ކޯންޗެއް ކަން އެނގޭ ހަމައެކަނި މީހަކީވެސް އެގޮލާ. ތި އަލީ ޚާލިދަކީ ޔާގުންޑާ ސަރުކާރުގަ ވެސް ފެއިލްވެފައިވާ ބޭފުޅެއް.. ވަރަށް ސަލާމް.

Himeyn18:12 2021/11/04

Board memberakah ve hure midhuhath ah hama evves ehcheh neygeybaa ey hithah araa...lol... such an innocent guy!

ގުޅުންހުރި