ވިޔަފާރި

ބީއެމްއެލްގެ އޮންލައިން ހިދުމަތް އަނެއްކާވެސް ހުއްޓުމަކަށް

29/11/2021

ޒައިން ރަޝީދު


ޝެއަރ

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލްއާއި އިންޓަނެޓް ބޭންކިންގެ ހިދުމަތް އަނެއްކާވެސް މެދުކެނޑިއްޖެއެވެ.

މިމަހުގެ 23 އިން ފެށިގެން ބީއެމްއެލްގެ ހިދުމަތަށް ބުރުއަރާ ހިދުމަތް މެދުކެނޑެމުންދާއިރު، މިއަދު އަނެއްކާވެސް މޯބައިލް އެޕްލިިކޭޝަނާއި އިންޓަނެޓް ބޭންކިންގެ ހިދުމަތްވަނީ ހުއްޓިފައެވެ. ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ބޭނުންކުރާ މޯބައިލް އެޕްލިކޭޝަނުން އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދު ނުފެންނައިރު، އެއްވެސް ގޮތަކަށް ފައިސާ ދެއްކުމާއި ޓްރާންސްފާއެއްވެސް ނުކުރެވެއެވެ.

މިއަދު ހިދުމަތް މެދުކެނޑި، އާންމުންނަށް އެމީހުންގެ ފައިސާ ބޭނުން ނުކުރެވުނަސް، ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ލޯނަށާއި ކާޑަށް ދައްކަންޖެހޭ ފައިސާ ވަނީ އުނިކޮށްފައެވެ.

ސަރުކާރާއި ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ މިއަދު ޖަމާކޮށްފައިވާއިރު، ގިނަ ރައްޔިތުން ދަނީ ހިދުމަތް މެދު ކެނޑުމާއި ގުޅިގެން އެކަމުގެ ނުރުހުންފާޅު ކުރަމުންނެވެ. އަދި މައްސަލަ ހައްލުނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާއިރު، ބީއެމްއެލްއިން ބުނެފައިވަނީ މައްސަލަ ދިމާވީ ސިސްޓަމް އަޕްގްރޭޑް ކުރުމުން ކަމަށެވެ. އަދި މައްސަލަ ހައްލު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަމަށް ބޭންކުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި