ރާއްޖެސަރުކާރު

ކޯވިޑް ޖެހިގެން ރާއްޖެއިން މިއަދު ދެވަނަ މަރު

04/12/2021

ޒައިން ރަޝީދު


ޝެއަރ

ރާއްޖެއިން ކޯވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 8:28 ގައި ހއ. ތުރާކުނުގައި ކޯވިޑް ޖެހިގެން މީހަކު ނިޔާވެފައިވާކަމަށެވެ. ތުރާކުނުގައި ނިޔާވީ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 253 ވަނަ މީހާއެވެ.

މީގެ އިތުރުން ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކުވެސް މިއަދު ވަނީ ނިޔާވެފައެވެ.

މާލޭ ސަރަހައްދުން ބަލިޖެހޭ މީހުންގެ އަދަދު މަދުވި ނަމަވެސް އަތޮޅު ތެރޭގައި ބަލިޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވެއެވެ. އިއްޔެ އެކަނިވެސް އަތޮޅު ތެރެއިން 71 މީހަށް ވަނީ ބަލިޖެހިފައެވެ.

ހިޔާލު


ގުޅުންހުރި