ވިޔަފާރި

މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ މަގާމުން ވަކިކޮށްފި

30/12/2021

ޒައިން ރަޝީދު


ޝެއަރ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޢަބުލް އިހްތިޝާމް ޢަބުދުލް މުޙައިމިން މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކުރީ, އޭނާއާ މެދު ތުހުމަތު ކުރެވޭ ކަންތައްތަކެއް ބެލުމަށްފަހު މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ނެތްކަމަށް ބުނެ, ކުންފުނީގެ ބޯޑުންނެވެ. އެމްއައިބީއިން ނެރުނު ނޫސްބަޔާނުގައި ބުނީ ޢަބުލް އިހްތިޝާމް މިއަދުން ފެށިގެން މަގާމުން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި އެ ބޭންކުގެ ބޯޑުގެ ބައްދަލަވުމުންނެވެ. އޭނާ މަގާމުން ވަކިކުރީ، ތުހުމަތު ކުރެވޭ ކަންތައްތަކަކާ ގުޅޭގޮތުން މުސްތަގިއްލު އިންކުއަރީ އަކާއި އޮޑިޓެއް ހިންގުމަށް ފަހުގައެވެ.

އިންކުއަރީ އަށްފަހު ނިންމީ ބޭންކިން ދާއިރާއާ ގުޅުން ހުރި ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ "ފިޓް އެންޑް ޕޮރޮޕާ" ނުވަތަ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަމުގެ މިންގަނޑުތަކަށް އޭނާ ނުފެތޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިދިޔަ އޮކްޓޯބަރު 26 އިން ފެށިގެން އޭނާ ހުރީ މަސްއޫލިއްޔަތުތަކުން ދުރުކޮށްފައެވެ.

އެމްއައިބީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ސަސްޕެންޑް ކުރުމާ ގުޅިގެން މިވަގުތު އެމްއައިބީގެ އެކްޓިން ސީއީއޯގެ ހައިސިއްޔަތުން ބޭންކު ހިންގަމުން ދަނީ، ސީއޯއޯ އަހްމަދު ރިޟާ ކަމަށް އެމްއައިބީން ބުނެއެވެ.

ސީއީއޯ އާއި އެމްޑީގެ މަގާމަން ޢަބުލް އިހްތިޝާމް ޢަބުދުލް މުޙައިމިން އައްޔަނު ކުރީ 2019 ގަ އެވެ.

ހިޔާލު


ގުޅުންހުރި