ރާއްޖެސަރުކާރު

ފަންނުވެރީންގެ ހައްޤުތައް ރައްކާތެރި ކުރާ ޤާނޫނުގެ ޑުރާފްޓު އަވަހަށް ނިންމަން މިދަނީ މަސައްކަތް ކުރަމުން: ޔުމްނާ

20/02/2022

ޒައިން ރަޝީދު

މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން - ފޮޓޯ: އެމްއާރއެމް


ޝެއަރ

ފަންނުވެރީންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނުގެ ޑުރާފްޓު އަވަހަށް ނިންމަން މަސައްކަތް ކުރަމުންދާމަށް މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ، ފަންނުވެރިންގެ ބައެއް މަސައްކަތް ވަގަށް ނަގާ، އެ ވިއްކަން ޖަހާފައިވާ މައްސަލައެއް ފެންމަތިވެ އެކަމުގެ ޝަކުވާ ސޯޝަލް މީޑިއާގައި އުފުލާފައިވަނިކޮށް، އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓުވީޓެއްގައެވެ. ޔުމްނާ ވިދާޅުވީ ކޮންމެ ޓެކްނޮލޮޖީއަކީ ވެސް އެ ޓެކްނޮލޮޖީއެއް ރަނގަޅު ގޮތުގައި ބޭނުން ކުރެވޭ ފަދައިން ނުބައި ގޮތުގައިވެސް ބޭނުން ކުރެވޭ އެއްޗެއްކަމަށާއި އެއްވެސް ހާލެއްގައި ފަންނުވެރިއެއްގެ ފަންނީ މަސައްކަތެއް އެ މީހެެއްގެ ހުއްދަޔާ ނުލައި ބޭނުންކޮށް އެއިން ފައިދާ ހޯދުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އެފަދަ ކަންކަން ހުއްޓުވަން އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށާއި ފަންނުވެރީންގެ ހައްޤުތައް ރައްކާތެރި ކުރާ ޤާނޫނުގެ ޑުރާފްޓު އަވަހަށް ނިންމައިލެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފަންނުވެރިންގެ ކުރެހުންތަކެއް ވަގަށް ނަގާ، އެކުރެހުންތައް ބޮޑު އަގުގައި ވިއްކަން ޖެހީ ފިއުލް ސަޕްލައި މޯލްޑިވްސްގައި މަސައްކަތް ކުރާ ޝާރިފް މުހައްމަދު ކިޔާ މީހެކެވެ. އެ މައްސަލަ ފެންމަތިވެ ސޯޝަލް މީޑިއާގައި ދަނީ އޭނާގެ މައްސަލަ ބެލުމަށް ގޮވާލަމުންނެވެ.

ޝާރިފް މުހައްމަދު އަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމެއް އަދާކުރި މީހެކެެވެ. ނަމަވެސް ފަހުން އޭނާ ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި މިހާރު އޭނާ މަސައްކަތް ކުރަމުންދަނީ ފިއުލް ސަޕްލައި މޯލްޑިވްސްގެ އިސް މަގާމެއްގަވެ.

ހިޔާލު


ގުޅުންހުރި