ރާއްޖެސަރުކާރު

އައިއެސް ޖަމާއަތާ ގުޅުންހުރި ދިވެއްސަކު މާލެއިން ހައްޔަރުކޮށްފި

23/02/2022

ޒައިން ރަޝީދު


ޝެއަރ

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އިސްލާމިކް ސްޓޭޓް (އައިއެސްް)އަށް މަސައްކަތް ކޮށްދޭ ދިވެއްސަކު މާލެއިން ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގައި 2015 ވަނަ އަހަރުން ފެށިގެން އައިއެސްގެ ކަންކަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ދިވެެއްސަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ދިވެހި ފުލުހުންނާއި އެފްބީއައި އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ދެ ގައުމެއްގެ ސަލާމަތީ ބާރުތައް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކޮށްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުގައެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވީ ހައްޔަރުކުރީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ޔޫރަޕްގެ ގައުމުތަކަށް ހަމަލާދީ، ހާއްސަކޮށް އެ ގައުމުތަކުގެ ވެރިންނަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާތައް ދިނުމަށް ގޮވާލައި އެކިއެކި މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ކެމްޕޭނުތައް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައެވެ.

މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ ދިވެހި ފުލުހުންނާއި އެފްބީއައިގެ އިތުރުން، އީޔޫގެ ދެ ގައުމެއްގެ ކަމާބެހޭ އިދާރާތައް ގުޅިގެން، ޓެރަރިޒަމްގެ ސީރިއަސް މައްސަލައެއްގެ ގޮތުގައި ކަމަށް ފުލުހުން ބުނެއެވެ.

ހިޔާލު


ގުޅުންހުރި