ރާއްޖެސަރުކާރު
ޖިންސީ ގޯނާގެ ތުހުމަތުކުރާ އަންހެން މީހާގެ އާއިލާއިން ބުނަނީ އޭނާ ފްރޭމްކުރީ ކަމަށް
28/03/2022
ޒައިން ރަޝީދު
ޝެއަރ
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށް އަންހެނަކު ހައްޔަރުކުރީ ނުހައްގުން ކަމަށް ބުނެ އަޑުއުފުލަައިފިއެވެ.
ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރީ 59 އަހަރުގެ އަންހެނެކެވެ. އޭނާއަކީ ޝަރަފުއްދީން ސްކޫލްގައި މަސައްކަތްކުރާ އެތަނުގެ ގިނަ ދުވަސްވީ މުވައްޒަފެކެވެ. އޭނާ ހައްޔަރުކުރުވީ ކުއްޖާގެ މަންމަފަރާތު ކާފަ ސަލާމަތްކުރަން ކަމަށް ބުނެ އާންމުން ދަނީ ފާޑުކިޔަމުންނެވެ.
ތަދުކުރީ "ބޮޑު ބައްޕަ" ކަމަށް ބުނުމުން ކުއްޖާ ސްކޫލަށް ފޮނުވާ އަންހެންމީހާ ފްރޭމްކުރީ ކަމަށް ބުނެއެވެ. ކުއްޖާގެ ކާފަ ރަށުން ފުރުވާލަން މަސައްކަތް ކުރާކަމަށް ބުނެ އާންމުން ވަނީ އެގޭ ދޮށަށް އެއްވެ އޭނާ ހައްޔާރުކުރުމަށް ގޮވާލާފައެވެ. އަދި ނުހައްގުން ހައްޔަރުކުރި އަންހެން މީހާ ދޫކޮށްލުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.
ހިޔާލު
ގުޅުންހުރި