ރާއްޖެސަރުކާރު

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ މައުލޫމާތު ދޭންޖެހޭކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި

29/03/2022

ޒައިން ރަޝީދު


ޝެއަރ

ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ މައުލޫމާތު ދޭންޖެހޭކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.

މޭޔަރު ނިޒާރު ވިދާޅުވީ ޖެންޑާއިންވެސް މިކަމުގައި އެއްބާރުލުން ދޭންޖެހޭ ކަމަށެވެ. އަދި ރައްޔިތުން ކުރާ ތުހުމަތުތައް ބެލުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

ޖިންސީ ގޯނާކުރީ ކުއްޖާގެ ކާފަ ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރުމަށް ރައްޔިތުން ދަނީ ގޮވާލަމުންނެވެ. އަދި އެކަން ފޮރުވުމަށް ފްރޭމްކުރި ކަމަށް ބުނާ މުސްކުޅި އަންހެންމީހާ ދޫކޮށްލުމަށް ދަނީ ގޮވާލަމުންނެވެ.

މިކަމާ ގުޅިގެން އައްޑޫގައި އިއްޔެއިން ފެށިގެން އާންމުން ދަނީ އެއްވެ އަޑު އުފުލަމުންނެވެ. އަދި ރޭ ފުލުހުން ވަނީ އަޑުއުފުލި ބައެއް މީހުން ހައްޔަރުވެސްކޮށްފައެވެ. ކާފައަށް ފުލުހުން ހިމާޔަތް ދީ, ސަލާމަތްކުރަން ސަރުކާރުން މަސައްކަތް ކުރާކަމަށް ތުހުމަތުކުރެއެވެ.

ހިޔާލު


ގުޅުންހުރި