ރާއްޖެސަރުކާރު

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ މީހާ މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނުގައި އައްޑޫ މޭޔަރު ސޮއިކޮށްފި

07/04/2022

ޒައިން ރަޝީދު


ޝެއަރ

ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ މީހާ މިނިވަން ކުރުމަށް ގޮވާލާ ޕެޓިޝަނުގައި އައްޑޫ މޭޔަރު ސޮއިކޮށްފިއެވެ.

މޭޔަރުގެ އިތުރުން ބައެއް ކައުންސިލަރުންވެސް ވަނީ ޕެޓިޝަނުގައި ސޮއިކޮށްފައެވެ. އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ނުހައްގުން ކަމަށް ބުނެ އައްޑޫ ރައްޔިތުން ދަނީ އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ. އަދި 6 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެމީހުން ކުރަނީ ކުއްޖާގެ ކާފަޔަށެވެ.

މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ދަނީ ބަލަމުންނެވެ. ކޮމިޓީއަށް ކަމާ ގުޅޭ މުއައްސަސާތައް ހާޒިރުކޮށް ސުވާލުކޮށްފައިވެއެވެ. އަދި ކޮމިޓީގެ އިތުރު ބައްދަލުވުންތައް އަންނަ ހަފުތާގައި ބާއްވަން ވަނީ ނިންމާފައެވެ.

ހިޔާލު


ގުޅުންހުރި